ރެސިޕީ: މިލްކް ކޭކް

ރެސިޕީ: މިލްކް ކޭކް

Author
ފާތިމަތު ނާވީ
03 އޭޕްރިލް 2022 06:17
0

ތަފާތު ވައްތަރެއްގެ ކޭކެއް ތައްޔާރު ކޮށްލަން ބޭނުން ނަމަ މިލްކް ކޭކަކީ އެންމެ ރަގަޅު ހޮވުމެވެ. ކޭކަކީ ގިނަ މީހުންނަށް ކަމުދާ ބާވަތެކެވެ. އެގޮތުން މި ކޭކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ކޭކެވެ. އަޖުމަ ބަލާލުމަށް މީގެ ކޭކެއް ތައްޔާރު ކޮލުން ކިހިނެއްވާނެ ހެއްޔެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ބިހުގެ ގޮބޮޅި
  • 4 ބިހުގެ ހުދުބައި
  • 120 ގްރާމް ހަކުރު
  • 119 ގްރާމް ކިރު
  • 100 ގްރާމް ފުށް
  • 2 މޭޒުމަތީ ސަމުސާ ކޯންސްޓާޗް
  • 1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑާ
  • 45 ގްރާމް ބަޓާ
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • ލޮނު ކޮޅެއް

ކްރީމް ލޭޔާއަށް ބޭނުންވާ ތަކެތި:

  • 350 ގްރާމް ވިޕިންގ ކްރީމް
  • 150 ގްރާމް ގެރިކިރު
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެގޮތް:

ތަށްޓަކަށް ބިހުގެ ހުދުބައި އަޅައި މިކްސާއިން ގަށަމުން ގެންދާށެވެ. (ގިރުމަށް ހޭންޑް މިކްސާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސާއެއް ބޭނުންކުރާށެވެ) ފޯމް ނުވަތަ ކްރީމް ގަނޑަކަށްވަދެން ގިރުމަށްފަހު އޭގެ ތެރެއަށް ހަކުރު އަޅަމުން ގެންދާނީއެވެ. ހަކުރު އަޅާނީ އެތި އެތި ކޮޅުންނެވެ. ހަތަރު ބުރަކުން އެޅުމުން ރަގަޅު ވާނެއެވެ. ކޮންމެ ފަހަރަކު ވެސް ހަކުރު އެޅުމަށް ފަހު ރަގަޅަށް މިކްސް ކޮއްލުމަށް ފަހު އަނެއްކާވެސް ހަކުރު އަޅާނީއެވެ. ހަކުރު ކޮޅު ބިހާއެއްވެ ރަނގަޅަށް ވިޕް ވަންދެން މިކްސް ކޮށްލާށެވެ.

އިތުރު ބޯތަށްޓަކަށް ބިހުގެ ރީންދޫ ބަޔާއި ކިރު އަޅައި ރަނގަޅަށް ގަށާލާށެވެ. ރަނގަޅަށް އެއްވުމުން ފުށާއި ބޭކިން ޕައުޑާ އަޅާ، ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮލާށެވެ. އޭގެ ތެރެއަށް ކޯންސްޓާޗް ފުއް އަޅާށެވެ. އެއަށްފަހު ދޭފަތަކުން ނުވަތަ ސަމުސަލަކުން އެއްކޮށްލާށެވެ.

އެއްވުމުން ކުރިން ތައްޔާރުކުރި ބިހުގެ ހުދަބައިން ތަށްޔާރު ކުރި ކްރީމާ އެއްކޮލާށެވެ. އެއަށްފަހު 2 ޓްރޭއެއްގައި ފިހަން ލާށެވެ. އެއް ޓްރޭގައި ފިހުމަށްފަހު މެދުން ކޭކު ފޮތިކޮށްލާށެވެ.

ކްރީމް ލޭޔާ ތައްޔާރުކުރުމަށް ބޯތަށްޓަކަށް ވިޕިންގ ކްރީމް އަޅާށެވެ. ވިޕިންގ ކްރީމް ތައްޔާރު ވުމުން ހުންނާނީ ކްރީމް ގަޑެއް ހެންނެވެ. އެއަށްފަހު އެސެންސާއި ގެރިކިރު އަޅާ އެއްކޮށްލާށެވެ. ބޯ މިނުގައި 1 އިންޗި ހުންނަ ވަރަށް އެއް ކޭކުގައި ކްރީމްގަނޑު އުނގުޅާލާށެވެ. އެއަށްފަހު ކްރީމްގަނޑު މަތީ ދެވަނަ ކޭކު ބާއްވާނީއެވެ. ބޭއްވި ކޭކް މަތީ އިތުރު ކްރީމް ލޭޔާ އެއް 1 އިންޗި ވާ ވަރަށް އުނގުޅާލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.