ރެސިޕީ: ޗިކަން ސްޕްރިންގ ރޯލްސް

ރެސިޕީ: ޗިކަން ސްޕްރިންގ ރޯލްސް

Author
ފާތިމަތު ނާވީ
02 އޭޕްރިލް 2022 02:37
0

ޗިކަން ސްޕްރިންގ ރޯލްސް އަކީ ފަސޭހައިން ތައްޔާރު ކޮށްލެވޭ އަނގަޔަށް މީރު ބާވަތެކެވެ. މިއީ ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާނެ ބާވަތެކެވެ. ޗިކަން ސްޕްރިންގ ރޯލް ތައްޔާރު ކުރުމަށް ހޭދަވަނީ 10 ވަރަކަށް މިނިޓެވެ. ކެއްކުމަށް 30 މިނިޓް ހޭދަވާއިރު ޖުމްލަ 40 މިނިޓްތެރޭ ޗިކަން ސްޕްރިންގ ރޯލްސް ތައްޔާރުކޮށް ނިންމާލެވޭނެއެވެ.

ބޭނުން ވާނެ ތަކެތި:

1 މޭޒުމަތީ ސަމުސާ ލޮނުމެދު

3 ޖޯޑް ކެބެޖް

1 މީޑިއަމް ސައިޒުގެ ކެރެޓް

1/2 ޖޯޑް ބެލް ޕެޕާ

1 މޭޒުމަތީ ސަމުސާ ތެޔޮ

250 ގްރާމް ކުކުޅު ( ބޯންލެސް)

1/2 މޭޒުމަތީ ސަމުސާ ޕެޕާ

1/2 މޭޒުމަތީ ސަމުސާ ފައިވް ސްޕައިސް ޕައުޑާރ

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

ރަހަލާވަރަށް ލޮނު

8 ސްޕްރިންގ ރޯލް ޝީޓް

1 މޭޒުމަތީ ސަމުސާ ކޯން ފްލަރ

3 މޭޒުމަތީ ސަމްސާ ފެން

ތެޔޮ ފޮދެއް

 

ތައްޔާރު ކުރާނެގޮތް:

ކުކުޅު ކުދިކޮށް ކޮށާލުމަށް ފަހު ތަވައެއްގައި ރޯފިލާވަރަށް ކައްކާލާށެވެ. ދެން އެހެން ތަވައަކަށް ތެޔޮކޮޅެއް އަޅާލާށެވެ. ތެޔޮކޮޅު ހޫނުވީމާ ލޮނުމެދުކޮޅު ފްރައި ކޮއްލާށެވެ. އެއަށްފަހު ކެބެޖް، ކެރެޓް، ބެލް ޕެޕާ އެޅުމަށްފަހު ގަދަ ގިނީގައި 2 ނުވަތަ 3 މިނިޓް ކައްކާލާށެވެ. އެއަށްފަހު ކުކުޅު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މިނިޓެއްހާއިރު ކެއްކުމަށްފަހު ލޮނު، ފެފާ އަދި ފައިވް ސްޕައިސް އެޅުމަށްފަހު އިތުރަށް 1 މިނިޓް ކައްކާލާށެވެ. އުދުން ނިއްވާލުމަށްފަހު ސޯޔާސޯސް ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ފެންފޮދާއި ކޯން ފްލާ ކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ސްޕްރިންގ ރޯލް ޝީޓަށް ތައްޔާރު ކުރި ކުކުޅު ކޮޅު އަޅާލުމަށްފަހު އޮޅާލާށެވެ. އެއްކުރި ކޯންފްލާކޮޅު ބޭނުން ކުރާނީ ޝީޓް އޮޅާލުމަށްފަހު ރަނޅަށް ތަތްކޮށްލުމަށެވެ.

ތަވައެއްގައި ތެޔޮ ހޫނުކުރުމަށްފަހު ރޯލްކޮޅު ތެލުލާށެވެ. މިހާރު ތިހުރީ ޗިކަން ސްޕްރިންގ ރޯލް ތައްޔާރުވެފައެވެ. ސޯސް އާއި ޖައްސައިގެން ވެސް ނުނީ ހުހަށްވެސް ކެވިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ކެއުމުގެ މަސްތަ؟