ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުކަމުން އާދަމް މުޙައްމަދު ވަކިކޮށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރައްވައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާއި ވެރިންނަށް ސަރުކާރުން އަންނަނީ ބޮޑު ބަދަލެއް ގެންނަވަމުންނެވެ. މިގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުގައި ހުންނެވި އާދަމް މުޙައްމަދު، ރޯޝަނީވިލާ/އއ.ބޮޑުފޮޅުދޫ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން މިއަދު ވަކިކޮށްފައިވާކަމަށެވެ. އަދި އޭނާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމް.ޑީ. ކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވާކަމަށް ޕީބީސީން ބުންޏެވެ.
މޯލްޑިވްސް ޕޯސްޓްގެ އެމްޑީ ކަމުގައި ކުރިން ހުންނެވި އަޙްމަދު ޝަފީޤް، އިކްލީލުގެ/ހއ.ދިއްދޫ، އެމަޤާމުން ވަކިކޮށްފައިވާކަމަށްވެސް ޕީސީބީން ބުންޏެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމް.ޑީ. ކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޤް، އިކްލީލުގެ/ހއ.ދިއްދޫ، އެމަޤާމުން ވަކިކޮށް، އެކުންފުނީގެ ބޯޑު މެންބަރ އަދި އެމް.ޑީ. ކަމުގެ
މަޤާމަށް އަލްފާޟިލް އާދަމް މުޙައްމަދު /
ރޯޝަނީވިލާ / އއ.ބޮޑުފޮޅުދޫ، މިއަދު
ޢައްޔަންކޮށްފީމެވެ. pic.twitter.com/Jd5fIq0KpM— Privatization & Corporatization Board (@pcb_gov) March 14, 2022
ސަރުކާރުން ވަނީ ދާދިފަހުން ސްޓެލްކޯގެ އެމްޑީކަމުން ޙަސަން މުޣުނީ ވަކިކޮށް އެންވަޔަރަމަންޓް މިނިސްޓޤރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައެވެ. އަދި ސްޓެލްކޯގެ އެމްޑީކަމަށް އައްޔަންކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ.
ކޮމެންޓު ފޮނުވާ