ގޭގައި ތިބޭ މަންމައިންނަށް ޓިޕްސްކޮޅެއް!

ގޭގައި ތިބޭ މަންމައިންނަށް ޓިޕްސްކޮޅެއް!

ކަސްރަތު ކުރުމަށް ވަގުތު ހޯދުމާއި ދާއިމަށް ކަސްރަތު ކުރުމުގެ އާދަ އަށެގެންނެވުމަށް އުދަގޫކަމަށް ބުނާ ގިނަ މީހުންނަށް އެކަން ފަސޭހައިން ކުރެވިދާނެ ފަދަ ގޮތްތައް އެބަހުއްޓެވެ.

ކަސްރަތު ކުރުމަކީ ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ހިމަނަށްޖެހޭ މުހިންމު ކަމެކެވެ. އެއީ ތިބާގެ ސިއްހަތާއި ގުޅިފައިވާ މުހިންމު ކަމެކެވެ.

އެގޮތުން ގޭގައި ތިބޭ މަންމައިންނަށް ކަސްތަރު ކުރުމަށް ވަގުތު ހޯދިދާނެ ހަތަރު ގޮތެއް ކިޔާލަދޭނަމެވެ.

1 ކުދިން ހޭލުމުގެ ކުރިން ހޭލަން އާދަކުރުން

ދަރިން ބެލުމަށް ގޭގައި ތިބޭ މައިންނަކީ ގިނަ ޒިންމާތަކެއް ބޮލުގައި އެޅިފައިވާ މަންމައިންނެވެ. ކުދިން ހޭލުމަށްފަހު ތަނެއްގައި އިށިނދެލާނެ ވަގުތު ކޮޅެއްވެސް ނުވެގެން އުޅެން ޖޭހޭ މަންމައިން ކަސްރަތު ކުރުމަށް އެންމެ ރަނގަޅީ ހެނދުނު ހެނދުނާއެވެ. އެގޮތުން ކުދިން ހޭލުމުގެ ގަޑިއެއްހާއިރު ކުރިން ހޭލާށެވެ. އަދި ކަސްރަތުކުރުމަށް އެ ގަޑިއިރުގެ ތެރެއިން ބައިގަޑިއިރު ހުސްކޮށްލާށެވެ.

2 ކުދިންވެސް ކަސްރަތުގައި ބައިވެރިކުރުން

ކަސްރަތު ކުރެވޭ އަދި ތިބާއާއި އެކުކަސްރަތު ކުރެވޭ ވަރަށް ބޮޑުވެފައި ކުދިން ތިބި މަންމައެއް ނަމަ އެކުދިންނާއި އެކުގައި ކަސްތަރު ކުރާށެވެ. ކަސްރަތު ކުރުމުގައި އެކުދިން ބައިވެރި ކުރުމުން މަންމަ އާއި ދަރިފުޅާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެ އެކުގައި ވަގުތު ވެސް ހޭދަ ކުރެވޭނެވެއެވެ.

3 ގޭގެ ތަންކޮޅެއް ކަސްރަތު ކުރުމަށް ހުސްކޮށްލުން

ގޭގެ ކޮންމެސް ކަނެއް ނަމަވެސް ކަސްރަތު ކުރުމަށް ހުސްކޮށް ބަހައްޓާށެވެ. އޭރުން ކަސްރަތު ކުރުމަށް އިތުރު ހިތްވަރަކަށް ވެގެން ދެއެވެ. ކަސްތަރު ކުރުމަށް ހުސްކުރާ ތަނުގައި ޔޯގާ މެޓާއި ކަސްތަރު ކުރުމަށް ބޭނުންވާ އެހެންވެސް ސާމާނު ބަހައްޓާށެވެ.

4 އަބަދުވެސް ކަސްރަތު ހެދުމުގައި ހުރުން

ގޭތެރޭގެ މަސައްކަތަށް ނުކުންނަ އިރު ކަސްރަތު ކުރެވޭނަ ފަދަ ހެދުމެއް އިހުތިޔާރު ކުރާށެވެ. ނޫން ނަމަ އަބަދުވެސް ކަސްރަތު ހެދުމުގައި ރެޑީވެގެން ހުންނާށެވެ. އެހެން ވުމުގެ ސަބަބުން މުޅި ދުވަހުވެސް ހުންނާނީ ހުސްވަގުތު ކޮޅެއް ލިބުމުން ކަސްރަތު ކުރުމަށް ރެޑީ ވެވިފައެވެ.

ކަސްރަތީ ކުރަން ފަށަން އަދި މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އުނދަގޫ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނޫންނަމަ ޖިމަކަށް ގޮސްގެން ނޫނީ ކަސްރަތު ނުކުރެވެއޭ ބުނާ މީހުންވެސް އުޅެއެވެ.

ނަމަވެސް ކަސްރަތަކީ ގޭގައިވެސް ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. ގިނަ ސާމާނުތަކެއް ވެސް ބޭނުން ނުކޮށް، ގޮނޑިއެއްގެ އެހީގައިވެސް ބޭނުންވާ ކަސްރަތެއް ކޮއްލެވޭނެއެވެ. މުހިންމީ ބައިގަޑިއެއް ހާއިރު ހުސްކޮށްލުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *