ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފި

ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފި

ގުޅުންހުރި

އަންނަ މަހު ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ލީގު ފެށުމަށް ހުއްދަލިބިފަވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ އެކު މަޝްވަރާކުރެވިފައިވާ ކަންތައްތަކާއި ގައިޑްލައިނުގެ ތެރެއިންނެވެ. އެފްއޭއެމުން ހާމަކުރާގޮތުގައި އެޗްޕީއޭއާ އެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހު ކޯވިޑް-19ގެ ހާލަތަށް ބަދަލެއް ނާންނަނަމަ ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށެވެ.

ގައިޑްލައިންގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ވަންނަން ޖެހޭނީ މާސްކު އަޅައިގެންނެވެ. ދަނޑަށް ވަންނައިރު ފިނިހޫނުމިން ޗެކްކުރަން ޖެހޭނެ އެވެ. އަދި ކަނޑައެޅިފައިވާ ފިނިހޫނުމިނަށް ވުރެން މަތި ވެއްޖެނަމަ ދަނޑަށް ނުވައްދާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ޓްރެއިނިން ދަނޑަށް އަންނައިރު އެއް ކްލަބް އަނެއް ކްލަބާއި މަސްހުނިނުވާ ގޮތަށް ހެދުމާއި ޓްރެއިން ކުރާއިރު ކޮންމެ ޓީމަކުން ވެސް ބައިވެރިވެވޭނީ 30 ކުޅުންތެރިންނާއި 10 އޮފިޝަލުން ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެނިޓައިޒާ އާއި ފެނުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެ އެވެ.

އެޗްޕީއޭ އިން ރޭ ދިން ލުއިތަކުގެ ތެރޭގައި ވަނީ އެ އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަަވައި ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓް ޑޯ ކުޅިވަރުތައް ކުޅުމަށް ހުއްދަދީފަ އެވެ. މިއާ އެކު މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތަކުން އެޗްޕީއޭއާ އެކު ގައިޑްލައިންތައް މަޝްވަރާ ކުރުމަށް ފަހު މުބާރާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ވަނީ މިދިޔަ މަހުގެ ތެރޭގައި ޕްރެކްޓިސްތައް ފަށައިފަ އެވެ. ޕްރެކްޓިސް ފެށުމާ އެކު އެފްއޭއެމުން ވަނީ ކްލަބްތަކަށް ފަސޭހަ އަށް ޝެޑިއުލެއް އާންމުކޮށްފަ އެވެ. އޭގައި ވާގޮތުން އަންނަ މަހު އަށް ވަނަ ދުވަހު ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި އީގަލްސް ކުޅޭނެ އެވެ. އަދި ލީގު ފަށަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *