ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އަޙްމަދު ހަފީޒް އިންތިޚާބު ކޮށްފިއެވެ.
އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ހަފީޒް އެކަންޏެވެ. ފެންނަ ނުފެންނަ ވޯޓުގައި 166 ވޯޓާއެކު ހަފީޒް ވަނީ އިންތިޚާބުވެފައެވެ.
ޓެނިސް ކޯޓުގައި ބޭއްވި އެ އެސޯސިއޭޝަނުގެ އިންތިޚާބުގައި ފަސް މަގާމަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ. އެއީ ރައީސް އާއި ނައިބު ރައީސް އަދި އިތުރު ތިން މެންބަރުންނެވެ. ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީއެއް އައްޔަނު ކުރާނީ އިންތިޚާބުވި ހިންގާ ކޮމިޓީންނެވެ.
އަދި މި އިންތިޚާބުގައި އެ އެސޯއިއޭޝަނު ނައިބު ރައީސްގެ މަގާމަށް މުޙައްމަދު އަމީން އާއި މުޙައްމަދު ހާނިމް ވަނީ ވާދަކުރައްވާފައެވެ. ނައިބު ރައީސްގެ މަގާމަށް މިހާރުވެސް އެމަގާމުގައި ހުންނެވި އަމީން ހޮވުނުއިރު، އޭނާއަށް ވަނީ 148 ވޯޓު ލިބިވަޑައިގެންފައެވެ. މި މަގާމަށް ދެން ވާދަކުރެއްވި، ހާނިމަށް ލިބިވަޑައިގަތީ 27 ވޯޓެވެ.
މީގެ އިތުރުން މި އިންތިޚާބުގައި ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް ހޮވިފައިވާ ތިން މެމްބަރުންނަކީ ހަސަން ޝާމާއި، ޔޫސުފް ރިޒާ އަދި އަޒްމާ އިބްރާހީމެވެ.