ބުރުގާ އަޅާ މީހުންގެ ދިފާއުގައި ބެލާ!

ބުރުގާ އަޅާ މީހުންގެ ދިފާއުގައި ބެލާ!

Author
ފާތިމަތު ނާވީ
20 ފެބްރުއަރީ 2022 07:57
0

ބުރުގާ އަޅައިގެން އުޅޭ މީހުންގެ ދިފާއުގައި އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހަދީދް ނުކުމެއްޖެއެވެ.

އޭނާ ވަނީ ޝޯޝަލް މީޑިއާގައި ބުރުގާ އަޅާ މީހުންގެ ދިފާއުގައި ކެމްޕެއިނެއް ފަށާފައެވެ.

އިންޑިއާގެ ކަރްނާޓަކާ ސިޓީގެ ސްކޫލްތަކާއި ކޮލެޖްތަކުގެ މުސްލިމް އަންހެން ދަރިވަރުންނާއި ޓީޗަރުން ބުރުގާ އަޅައިގެން ކްލާސްތަކަށް ހާޒިރުވުން އިންޑިއާ ސަރުކާރުން މަނާ ކުރުމާއި ގުޅިގެން އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ.

 

View this post on Instagram

 

A post shared by Bella ???? (@bellahadid)

ބެލާ ވަނީ ސޯޝަލް މީޑީއާގައި އެކަންކަން ހުއްޓާލަން ޖެހޭ ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. އެޕޯސްޓްގައި ވަނީ ސްކްރީން ޝޮޓްތަކެއް ވެސް ހިއްސާކޮށްފައެވެ. އަދި އޭނާ ވަނީ ބުރުގާ އަޅާ މީހުންނަށް ކުރާ ފުރައްސާރަ ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެ.

ފްރާންސާއި އިންޑިއާ އަދި ބެލްޖިއަމް ފަދަ ގައުމުތަކުގައި ބުރުގާ އެޅި އަންހެނުންނާމެދު ތަފާތު ކުރުންތައް ގެންގުޅޭތީ އެކަމާ ގުޅިގެން އޭނާ ބުނެފައިވަނީ ބުރުގާއަކީ ނުރައްކަލެއް ނޫން ކަމަށެވެ.

 

View this post on Instagram

 

A post shared by Bella ???? (@bellahadid)

ބެލާ ވަނީ ބުރުގާ އަޅާފައިވާ ކުދިންގެ ފޮޓޯތަކެއް ވެސް އާންމުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.