ދޮންކޭލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. ރާއްޖެގައި ވެސް ފަސޭހަކަމާއެކު ހެދޭ މި މޭވާ އަކީ ތަފާތު ގޮތްގޮތަށް ބޭނުން ކުރެވިދާނެ މެވާއެކެވެ.
އަނގަޔަށް މީރު މި މޭވާއަކީ ވަރަށް ގިނަ ފައިދާ އެކުލެވޭ އެއްޗެކެވެ. ސިއްހަތަށް ގިނަގުނަ ފައިދާ ތަކެއް ލިބޭ މި މޭވާއަކީ އަގުހެޔޮ، އަނގަޔަށް މީރު މޭވާއެކެވެ.
ކޭލަކީ އޭގައި ޕޮޓޭޝިއަމާއި، މެގްނީޒިއަމާއި، މެންގަނީޒާއި، ވިޓަމިން ބީ6 އަދި ސީ ފަދަ ނިއުޓްރިއެންޓްސްގެ އިތުރުން ފައިބަރުގެ މާއްދާވެސް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ.

އަދި ހަމަ އެހެންމެ ހަޖަމު ކުރުމުގެ ނިޒާމުގެ އިތުރުން ޑައިޓް ކުރާ މީހުންގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށްވެސް ވަރަށް ފައްކާ މޭވާއެެކެވެ.
އެހެން ކަމުން މީއީ ކިޑްނީގެ ބަލިތަކަށާއި ލޭގައި ހަކުރުގެ މިންވަރު އެއްމިނެއްގައި ހިފެހެއްޓުމުގެ އިތުރުން ހިތުގެ ބަލިތަކަށް ވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ.
ދިރާސާވެރިން ބުނާގޮތުގައި ދޮންކޭލަކީ ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުން ވަރަށް މުހިންމު ބާވަތެކެވެ.
ކޮމެންޓު ފޮނުވާ