މި ބަލިތައް ތަހަންމަލުކުރާނަމަ އަލްމަންޑް ކެއުން ރަނގަޅެއް ނޫން!

މި ބަލިތައް ތަހަންމަލުކުރާނަމަ އަލްމަންޑް ކެއުން ރަނގަޅެއް ނޫން!

Author
ފާތިމަތު ނާވީ
06 ފެބްރުއަރީ 2022 08:15
0

އަލްމަންޑަކީ ގިނަ ގުނަ ފައިދާ ތަކެއް ލިއްބައިދޭ އެއްޗެކެވެ. މިއީ ޕޮރޮޓީން، ފެޓް، ވިޓަމިން އަދި މިނަރަލް ހިމެނޭ އެއްޗެކެވެ.

އަލްމަންޑުން ލިބޭ ފައިދާގެ ސަބަބުން ކޮންމެ ދުވަހެއްގެ ކެއުމުގައި އަލްމަންޑް ހިމެނުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ޑަަަައިޓް ކުރާ ފަރާތްތައް ވެސް އެމީހުންގެ ޑައިޓް ޕްލޭންގައި އަލްމަންޑަށް ޖާގަދެއެވެ. ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއްގެ އިތުރުން އަލްމަންޑްގެ ސަބަބުން ހަށިގަނޑުގެ ބާރުވެސް ގަދަކޮށްދެއެވެ.

މިއީ ހަށިގަނޑަށް ކިތަންމެ ފައިދާހުރި އެއްޗަކަށް ވިޔަސް ބައެއް ބަލިތައް ހުންނަ ފަރާތްތަކުން އަލްމަންޑް ކައުމާ ދުރުވާން ޖެހެއެވެ.

އޭގެތެރޭގައި:

  • ލޭގެ ޕްރެޝަރ މަތިވުން
  • ކިޑްނީ އާއި ގުޅޭ މައްސަލަތަށް
  • އެސިޑިޓީ
  • ޑައިޖެސްޝަން މައްސަލަ

މި ފަދަ މައްސަލަތަށް ހުންނަ ނަމަ އަލްމަންޑް ކެއުން ރަނގަޅެއް ނޫނެވެ. ނަމަވެސް ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އަލްމަންޑް ބޭނުން ކުރެވިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.