ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބުގައި، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ވާދާކުރާ ކެނޑިޑޭޓް ރާޝިދު ހޮވުމަކީ އެދާއިރާގެ ރައްޔިތުންނަށް ދުނިޔެވީގޮތުން ވާޖިބު ކަމެއްކަމުގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިންގައި ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ރައްޔިތުން ތަރައްގީއާ ކުރިއެރުން ބޭނުންވާނަމަ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ. ކޮމަންޑޫއަށް މިއަދު ލިބެންހުރި ކަންކަމާއި، ކުރަމުންދާ ކަންކަމަށް ބަލާއިރު ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިއިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބް ކޮށްދިނުމަކީ ވާޖިބް ކަމެއްކަމުގައި ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ސަރުކާރަށް ކޮމަންޑޫދާއިރާގެ ގޮޑި މުހިންމު ނޫންކަމަށާއި، މިހާރުވެސް މަޖިލީހުގެ ސާފު އައުލަބިއްޔަކު އެމްޑީޕީއަށް އެބައޮތްކަމަށެވެ. ނަމަވެސް މިއީ ސަރުކާރުން މިހާތަނަށް ތަމްސީލް ކުރި ގޮޑިއަކަށް ވެފައި މިގޮޑި ކާމިޔާބް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މިދާއިރާގެ ރައްޔިތުންގެ ލާބަޔަށް ކުރަމުންދާ މަސައްކަތްތަކެއްކަމުގައި ޤާސިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih އާއި ޕާޓީގެ ރައީސް، ރައީސް @MohamedNasheed ބައިވެރިވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ޖަލްސާ ފޯކައިދޫގައި ކުރިއަށް ދަނީ#voteRashid#Agenda19 pic.twitter.com/r3DwrmKq05
— MDP Secretariat (@MDPSecretariat) February 3, 2022
މި އިންތިޚާބު ދައުލަތާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ސަރުކާރަށް އެހީތެރިކަން ފަސޭހައިން ފޯރުކޮށްދެވޭނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެފުރުސަތު ފަހިކޮށްދީގެން ކަމަށެވެ. އަދި އެފުރުސަތު ފަހިކޮށްނުދީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް އިންތިޚާބުކޮށްފިނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ކުރިއެރުމަށް މިގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިސަރުކާރުގައި ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްގީ ވެގެންދާ ކަމަށާއި، ކޮމަންޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. މުޅި ރާއްޖޭގެ ތަރައްގީއާއި ދާއިރާގެ ތަރައްގީއަށް ވިސްނައި ރަނގަޅު ގޮތް ނިންމުމަށް ގާސިމް ގޮވާލެއްވިއެވެ. ޤާސިމް ވަނީ މިއިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
One Response
އެއްފަހަރު ބުނެވޭ ބަސް ދެވަނަ ފަހަރަށް ބުނަން ނޭންގޭ މޮޔައިންނަކަށް، ވާޖިބެއް ހުއްދައެއް ނޭންގޭނެ.