ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ބާވަތަކާ ހިތްވަރާއެކު ކުރިމަތިލަމުންދިޔަ އަލީ ސައިފް ލަތީފް ނިޔާވެއްޖެއެވެ.
ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ސައިފް ރޭ ނިޔާވީ ފަތިހު 5:42 ހާއިރުއެވެ. ޢުމުރުން 40 އަހަރުގައި ނިޔާވި ސައިފް، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ގެންދިޔައީ 'ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ' ކިޔާ ކެންސަރުގެ ބާވަތަކަށެވެ. މުޅި ދުނިޔެއިން ވެސް އެ ބާވަތުގެ ކެންސަރު ޖެހުނު ކަމަށް ޑޮކިއުމަންޓް ކުރެވިފައިވަނީ އެންމެ ފަސް މީހުންނަށެވެ.
My brother @psyphs has passed away at 05:42AM today, 31 January 2022. Words fail me. Words cannot describe what he meant to me. May god grant him jannat everlasting. He has so many friends and followers that it’s not humanly possible to let all know individually. So pls help us.
— Hamza Latheef (@hamza_latheef) January 31, 2022
ސައިފަކީ މި ބަލީގެ ގިނަމަޢުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. ސައިފަކީ އަހުލާގު ރަނގަޅު، ހިތްވަރުގަދަ ޒުވާނެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ސައިފް އޮންލައިން ނޫސް "ދައުރު" އަށް ދީފައިޥާ އިންޓަރވިއުގައި ބުނިގޮތުގައި އޭނާގެ ހަށިގަނޑުގައި އަށަގަނެފައިވާ ކެންސަރު ނައްތާލަން ދޭން ޖެހުނީ، އެންމެ ވަރުގަދަ ކީމޯ ތެރަޕީ އެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށް އެ ފަރުވާ ދިން އިރު، އެ ދުވަސްތައް ސައިފް ސިފަކުރީ، 'ބަހަކުން ބަޔާން ނުކުރޭނެ ފަދަ ވޭންދެނިވި، އުނދަގޫ ދުވަސްތަކެއް’ގެ ގޮތުގަ އެވެ.