ރަނގަޅު ސިއްހަތަކަށް ރެއިންބޯ ޑައިޓަކީ އެންމެ ރަނގަޅު ޑައިޓް ކަމަށް ނިއުޓްރިޝަން ސީމާ ބުދްރާޖާ ބުނެފިއެވެ.
މީގެ ކުރިންވެސް އަޅުގަނޑުމެން އަޑުއަހަމުން އަންނަ ވާހަކައެއް އޮވެއެވެ. ކެއުމުގައި ތަފާތު ކުލަތަކުގެ ކާނާ ބޭނުން ކުރާށެވެ.
މިކަހަލަ ޑައިޓެއް ނެގުމުން ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތައް ލިބޭ ކަމަށް ވެއެވެ. އަދި ކާއެއްޗެހި މަތިން ފޫހި ނުވެ ކެވޭގޮތްވެސް ވާނެ ކަމަށް ވެއެވެ.

އެގޮތުން ރެއިންބޯ ކުލަތައް ކަމުގައިވާ، ފެހި، ރަތް، އޮރެންޖް، ނޫ، ރީދޫ އަދި ދަނބު ކުލައިގެ ކާނާ ޑައިޓްގައި ހިމެނުމަށް ސަމާލުކަން ދިނުމަށް ސީމާ ވަނީ ބުނެފައެވެ.
ދިރާސާ ތަކުން ދައްކައިގޮތުން ކެއުމުގައި ފައިދާ ހުރި ކާނާ ބޭނުން ކުރުމުން ފިޒިކަލް އަދި މެންޓަލް ހެލްތުގެ އިތުރުން ބަލިތަކުން ދިއާފުވުމަށްވެސް އެހީތެރިވެއެވެ. ރެއިންބޯ ޑައިޓްގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނަރަލް އަދި ފައިބާ ލިއްބައިދެއެވެ.

ރަތް ކުލައިގެ ކާނާގެ ސަބަބުން ޑައިބެޓީސް އާއި އާތުރައިޓިސް ފަދަ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. އޭގެތެރޭގައި ސްޓޯބެރީ، ކަރާ، އަދި އަންނާރުފަދަ ބާވަތްތައް ހިމަނާށެވެ.

އޮރެންޖް ކުލަިއގެ ކާނާގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނެއެވެ. އޭގެތެރޭގައި ފަޅޯ، އަންބު އަދި ކެރެޓް ފަދަ ބާވަތްތައް ހިމެނެއެވެއެވެ.

ރީނދޫކުލައިގެ ބާވަތެއްކަމުގައިވާ އަލަނާސީން ގިނަ އަދަދަކަށް ވިޓަމިން ބީ ލިބޭއިރު، ލުނބޮޔާއި ރީނދޫ ބެލް ޕެޕާއިން ވިޓަމިން ސީ ލިބެއެވެ.

ފެހި ކުލައިގެ ބާވަތްތައް ކަމުގައިވާ ތަފާތު ވައްތަރުގެ ފަތް، އެވަކާޑޯ ބްރޮކޮލީ ފަދަ ބާވަތްތަކަކީ ވިޓަމިން ކޭގެ އިތުރުން ބަރުދަން ލުއި ކުރުމަށްވެސް މުހިންމު ބާވަތްތަކެކެވެ.
އެހެންކަމުން ކޮންމެ ކާގަޑިއެއްގައިވެސް ކުލަކުލައިގެ ކާނާ ހިމަނާށެވެ. އެކަމުގެ ސަބަބުން ގިނަ ބަލިތަކާ ދުރުވުމާއި، ހަށިގަނޑު ދުޅަހޮޔޮކޮށްދީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީވެދޭނެއެވެ.
ކޮމެންޓު ފޮނުވާ