ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން މިއަދު ކުރައްވަމުންދާ ކަންތައްތަކަކީ އެމަނިކުފާނު އަނބުރައި ޖަލަށްދާންޖެހޭ ޒާތުގެ ކަންތައްތަކެއް ކަމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ކޮމަންޑު ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންގައި މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިއްޕެ ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖެއާއި ބޭރު ދުނިޔެއާއި، ޖައްސަން ކުރައްވާ މަސައްކަތަކީ، ކާމިޔާބު ވާނެކަމެއް ނޫންކަމަށެވެ.
ރައީސް ޔާމީން އިސްކޮށް ހުންވައިގެން ހިންގަވާ "އިންޑިއާ އައުޓް' ކެމްޕެނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝިފާޒު ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ކުރެވޭނެ ޒާތުގެކަންތައްތަކެއް ނޫންކަމަށެވެ. ރައީސް ޔާމީނަށް އިންޑިއާ އައުޓް ނުކުރެވޭނެކަމަށް ވިދާޅުވެ، ޝިޔާޒު ވިދާޅުވީ ރައީސް ޔާމީންވެސް ޖެހޭނީ އިންވާން ކަމަށެވެ. އައުޓުވަންޏާ ރައީސް ޔާމީނަށްވެސް އޮތީ އަލުން ހުރި ތަނަށް (ޖަލަށް) އިން ވުންކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ އަލުން އަނބުރާ ޖަލަށް ދާން ޖެހޭ ވަރުގެ ކަންކަން. އަޅުގަނޑަށް ފެންނަނީ އަލުން އަނބުރާ އެމަނިކުފާނު ހުންނެވި ތަނަށް އިން ކުރަން. އަލުން އަނބުރާ އެމަނިކުފާނު ޖަލަށް ލާން އެބަ ޖެހޭ.
– ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ރައީސް ޔާމީނާއި ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ފިކުރެއް ނޫންކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެގާތް އެކުވެރިޔާއަށްވާއިރު އިންޑިއާއާއި ދެކޮޅަށް ހިންގަމުންދާ ހަރަކާތަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ ހަރަކާތެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ