ޓޮޓްނަމުން ލުޑްގޮރަޓަސް ބަލިކޮށް ގުރޫޕްގެ އެއްވަނައަށް

ޓޮޓްނަމުން ލުޑްގޮރަޓަސް ބަލިކޮށް ގުރޫޕްގެ އެއްވަނައަށް

ގުޅުންހުރި

ޔޫރޮޕާ ލީގުގައި އިނގިރޭސި ޓޮޓަނަމުން ބަލްގޭރިޔާގެ ލުޑްގޮރެޓްސް ބަލިކޮށް ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޓޮޓްނަމުން މެޗު ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މެޗުގައި ޓޮޓްނަމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ ކީން އާއި ލޫކަސް މޯރާ އާއި ޖިއޮވާނީ ލޮސެލްސޯ އެވެ. މިމެޗުގައި ކީން ޖެހިލަނޑާއެކު އޭނާ ވަނީ ޓޮޓްނަމަށް ޖެހި ލަނޑުގެ އަދަދުވަނީ 200 އަރާފައެވެ. އެއީ ކުލަބަށް ކުޅުނު 300 މެޗުންނެވެ. މިއީ ޔޫރޮޕާ ލީގުގައި ރަށުން ބޭރުގައި ކުޅުނު 10 މެޗުގެތެރެއިން ތެރެއިން ޓޮޓްނަމް ކާމިޔާބުކުރި ދެވަނަ މެޗެވެ.

ރޭ މި ގުރޫޕްގައި ރޯޔަލް އެންޓްވާޕް އާއި ލާސްކް ވާދަކުރި މެޗު ލާސްކް ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މި ނަތީޖާއެކު ޓޮޓްނަމުން ވަނީ ހަޕޮއިންޓާކު ގުރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނަގައި އޮތް އެންޓްވާޕްއަށް ވެސް ހަޕޮއިންޓް ލިބޭއިރު ލާސްކް ވެސް ތިންވަނައިގައި އޮތީ ހަޕޮއިންޓާއެކުއެވެ. ލުޑްގޮރެޓްސްއަކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ރޭ މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފެޔެނޫޑް ވަނީ 3-1 ލަނޑުން ސީއެސްކޭ މޮސްކޯ ބަލިކޮށް އެޓީމު ހިމެނޭ ގުރޫޕްގެ ތިންވަނައަށް ޖެހިލާފައެވެ. ޖަރުމަނުގެ ހޮފެންހަމް ވަނީ ސޮލްވަން ލެބެރެސް ބަލިކޮށް އެޓީމު ހިމެނޭ ގުރޫޕްގެ އެއްވަނައިގަ ތިންޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ވިޔަރެއާލުން ވެސް ވަނީ މެކްކާބީ ޓެލްއަވީވް ބަލިކޮށް އެޓީމު ހިމެނޭ ގުރޫޕްގެ އެއްވަނައިގަ ތިންޕޮއިންޓް ލީޑެއް ނަގާފައެވެ. ކުލުޖްއާ ވާދަކޮށް ރޯމާއިން 5-0 ލަނޑުން މޮޅުވެ ހަތް ޕޮއިންޓާއެކު އެ ޓީމުގެ ހިމެނޭ ގުރޫޕްގެ އެއްވަނައަށް ވަނީ ޖެހިލާފައެވެ. ބަޔާ ލެވަކޫސަން ވަނީ ޝެވާ އެފްސީ ވާދަކޮށް 4-2 މެޗު ކާމިޔާބުކޮށް ގުރޫޕްގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ.

ޕީއެސްވީ ބަލިވެ ގުރޫޕްގެ ތިންވަނައަށް ވެއްޓުނު އިރު މިގުރޫޕްގައި ގްރެނެޑާ ވަނީ މޮޅުވެ އެއްވަނައިގަ ދެ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަޕޯލިން ރިޖެކާ މައްޗަށް ކުރި ހޯދިއިރު ރެއާލް ސޮސެއިޑާޑް ވަނީ އޭޒެޑް އަލްކަމާރް މައްޗަށް ކުރި ހޯދާފައެވެ. މި ގުރޫޕްގައި ނަޕޯލީ އާއި ސޮސެއިޑާޑް އަދި އަލްކަމާރް އަށް ވެސް ލިބިފިވަނީ ހަޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *