"ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" އައްޑޫ ހިރާ ސްކޫލަށް ލިބިއްޖެ

"ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" އައްޑޫ ހިރާ ސްކޫލަށް ލިބިއްޖެ

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2022 06:12
0

އަރަބި މީޑިއަމަށް އައްޑޫ ސިޓީގައ ިކިޔަވައިދެމުން އަންނަ ހިރާ ޕްރީ ސްކޫލުން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތް ފާހަގަކޮށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" އެ ސްކޫލަށް މި އަހަރު ލިބިއްޖެއެވެ.

އެ ސްކޫލަށް އެ އެވޯޑް ލިބުނީ އެވޯޑް ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ. އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ވަނީ ހިރާ ސްކޫލަށް މި އެވޯޑް ލިބުމުން ރައީސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ހިތާ ސްކޫލަށް ލިބުނު އެވޯޑަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫ.އޭ.އީ އިން ދޭ ޝަރަފުވެރި ބައިނަލްއަޤްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ޤައުމުގެ ބާނީ އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ޚިދުމަތްތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.