މިސަރުކާރަށް އިތުރު ދައުރެއް ދިނުން ހައްޤު: އިކްރާމް

މިސަރުކާރަށް އިތުރު ދައުރެއް ދިނުން ހައްޤު: އިކްރާމް

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2022 01:26
0

މިސަރުކާރުން ފާއިތުވެދިޔަ ތަނުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކާއިއެކު އިތުރު ދައުރެއް މިސަރުކާރަށް ދިނުން ހައްގު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ދަތި ހާލަތުގައިވެސް ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކަށް އިޝާރާތް ކުރައްވައި އިކްރާމް ވިދާޅުވީ، މިބޮޑު ދަތި ކަމުގެ ތެރޭގައިވެސް ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަކީ ފެންނަންހުރި ކާމިޔާބީ ތަކެއްކަމަށެވެ. އެކާމިޔާބީތަކަކީ ހަމަ ބުއްދިން ވިއްނާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ބޮޑެތި ކާމިޔާބީތަކެއްކަމަށް އިކްރާމް ވިދާޅުވިއެވެ.

ރާއްޖެއަށް މި ދަތިހާލަތުގައިވެސް ލިބެމުންދާ ކުރިއެރުމާއި، ސަރުކާރުން ރާޢްޖޭގެ އެކި ކަންކޮޅުތަކުގައި ގެނެސްދެއްވަމުންދާ ތަރައްޤީއާއި، ޤައުމުގެ ހަމަޖެހުން ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތާއި، އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީތަކަކީ މިސަރުކާރަށް އިތުރު ދައުރެއް ދިނުން ހައްގު މަސައްކަތްތަކެއް ކަމުގައި އިކްރާމް ވަނީ ވިދާޅުވެފައެވެ.

މިދަތި އުދަނގޫ ހާލަތުގައިވެސް މިސަރުކާރު ހޯދައިފައިވާ ގިނަގުނަ ކާމިޔާބީތައް ހަމަ ބުއްދިން ވިސްނާ، ހަގީގަތް ގަބޫލުކުރާ ކޮންމެ މީހަކު ބަލައިގަންނާނެ. އުމުރާނީ ތަރައްޤީ، ދާޚިލީ ހަމަޖެހުން، ޚާރިހީ ކުރިއެރުން. މި ސަރުކާރަށް އިތުރު ދައުރެއް ދިނުން ހައްޤު.

– އިކްރާމް ވިދާޅުވިއެވެ.

އިކްރާމް މިފަދައިން ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގެންގުޅޭ ގައުމުގެ މަގާމު މިއަހަރުވެސް ރާއްޖެއަށް ލިބުމާއި ގުޅިގެންނެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތަކުގެ ލިސްޓަކީ ހެންލީ ޕާސްޕޯޓް އިންޑެކްސްއިން އާއްމުކުރާ ލިސްޓެކެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ މައި ޖަމުއިއްޔާ، އަޔާޓާގެ މައުލޫމާތުތަކުގެ މައްޗަށް ރިޔާއަތްކޮށް ނެރޭ މި ލިސްޓުގައި ޕާސްޕޯޓެއްގެ ބާރުގަދަކަން ކަނޑައަޅަނީ އެ ޕާސްޕޯޓަކާއެކު ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދުންނެވެ.

190 އެއްހާ ގައުމު ހިމެނޭ މިލިސްޓުގެ ދުނިޔޭގެ ރޭކިންގައި މިއަހަރު ރާއްޖެއަށް 58 ވަނަ ލިބުނުއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 6 ދަރަޖައިގެ ކުރިއެރުމެކެވެ. ހެންލީ ޕާސްޕޯޓް އިންޑެކްސްގައިވާ މައުލޫމާތުތަކުގައިވާ ގޮތުން ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވީޒާ ނުނަގައި 88 ގައުމަކަށް ދަތުރުކުރެވެއެވެ.

މިލިސްޓުގެ 58 ވަނަ ރާއްޖެއަށް ލިބޭއިރު، މިސަރަހައްދުގެ ގައުމުތަކުން ރާއްޖެއާ އެންމެ ގާތުން ވާދަކުރާ ގައުމަކަށް އޮތީ ލިސްޓުގެ 84 ވަނައިގައި އޮތް އިންޑިއާއެވެ. ބޫޓާން 90 ވަނާގައި އޮތްއިރު މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުލުގައި މިފަހަރުވެސް އޮތީ އަފްޤާނިސްތާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނުގެ ދަރި ލަތީފް
ތިޔައިރުން ހަމަ ފާޅުގައި ދީނަށް ފުރައްސާރަ ކުރުމާ މަސްތުވާތަކެތި ބޭނުން ކުރުމާ އަދި ތިޔަބުނާ ހޯމް ސްޓޭ އެއްގަ އުޅޭ މީހުން ބަރަހަނާ ހާލުގަ ރަށުތެރޭގަ އުޅުމުގެ ހުއްދަވެސް ދޭނެ އަޅާލާނެ މީހަކު ނުވާނެ . މިހާރުވެސް އެއްވެސް ފޭރާމެއްނެތި އާއްމުން ގޮސްއުޅޭ ބީޗްތަކުގަ އުޅޭ. އެހެންތާ ވާނީ ވެރިކަމުގަ ތިބީވެސް އެފަދަ މީހުން ވިއްޔަ ޚުރާފާތްތައް މަނާކުރަން ތިބިމީހުުންނަކީ ރާބުއިމާ ދީނަށް ޙުރުމަތެއް ނެތް ބަޔަކަށްވީމަ ވާނެގޮތް ވެގެން ދާނެ ދެވަނަ ދައުރެއް ލިބިއްޖިއްޔާ.
ޢ ޢަވާމެނދުރު
އެތްގޮތަކަންވެސް ހައްގެތްނޫ އޭނައިސްތިއުފާނުދީގެންވެސް ގައުމު މިއޮތީހާލުގާޖެހިކަންތަށްބޮޑުވެފަ
އ އުދުހޭކޮކާ
މިއީ ދެން ބޮޑު މޮޔައެއް..އާދައުރެއް ދޭންވީ އިތުރަށް ވަގު އެގުރީމެންޓެއް ހަދާ ބޭރުގެ މިލިޓަރީ ބައި ތިއްބަންތަ؟
ޔ ޔަހްޔާ
ވައިކުޑާގަފޭބިއިކްރާމްގެގަމާރުކަމާއޭ
ބ ބުލްބުލް
ދެން އޮތް 5 އަހަރު ވެރިކަން ކުރަން ހިތައްވެސް ނުގެންނާތި. އެއީ ވާނެކަމެއްނޫން.