ދަގްރާންޑޭ ފަރިތަކުރުން ފެށުން، ފޮޓޯ: އެފްއޭއެމް

އެންމެފަހު ޓީމަކަށް ދަގްރާންޑޭ ވެސް ފަރިތަކުރުން ފަށައިފި

އެންމެފަހު ޓީމަކަށް ދަގްރާންޑޭ ވެސް ފަރިތަކުރުން ފަށައިފި

ގުޅުންހުރި

އަންނަަމަހު ފެށޭ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ. ދަ ގްރާންޑޭ އަކީ އާ ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށި އެންމެ ފަހު ޓީމެވެ.

އާސީޒަނަށް މީގެ ދެރޭކުރިން ދަ ގްރާންޑޭއިން ފަރިތަކުރުންތައް ފެށިއިރު، ދަ ގްރާންޑޭގައި މިހާރު އޮތް ސްކޮޑާ މެދު އެޓީމުން ބުނީ މިދިޔަ ސީޒަނުގައިވެސް އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް އެ ޓީމުގައި އެބަތިބި ކަމަށާއި، ސްކޮޑަށް ބިދޭސީ އިތުރު ތިން ކުޅުންތެރިއަކު ގުޅޭނެ ކަމަށެވެ.

ދަގްރާންޑޭގެ ކޯޗް އިސްމާއިލް މަހުފޫޒް (އިމްމަ) ފޮޓޯ، އެފްއޭއެމް

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމަކުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، އެފްއޭ ޗެރިޓީ ޝީލްޑް މެޗުން އައު ސީޒަން ފެށުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެއަށްފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފަށާއިރު، ދަ ގްރާންޑޭ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ދަގްރާންޑޭގެ ކޯޗުގެ މަގާމުގައި ހުރި އިސްމާޢީލް މަހަފޫޒް (އިންމަ) ވަނީ އިތުރު އެއް ސީޒަނުގައި އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *