ރ.އިނގުރައިދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި، އިތުރު ކްލާސްރޫމްތަކެއް އެޅުމަށް ބަޔަކައި ހަވާލުކޮށްފިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް މިރަސްމިއްޔާތުގައި، އިނގުރައިދޫ ސްކޫލުގެ 4 ކްލާސްރޫމާއި، ސްޓާފްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ރ.އިނގުރައިދޫ ސްކޫލުގެ 04 ކްލާސްރޫމް، ސްޓާފްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރުން.
މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ.
1/2 pic.twitter.com/85BW1YK3Hr— Ministry of Education (@MoEdumv) January 3, 2022
އިނގުރައިދޫ ސްކޫލުގެ މަސައްކަތް ކުރުމަށް މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވަނީ 16,961,607.18(ސޯޅަ މިލިޔަން ނުވަ ލައްކަ ފަސްދޮޅަސް އެއް ހާސް ހަ ސަތޭކަ ހަތް ރުފިޔާ އަށާރަ ލާރި) އަށެވެ.
މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.