ލާޒިޔޯ އެއްވަރުވެ ދެވަނައަށް

ލާޒިޔޯ އެއްވަރުވެ ދެވަނައަށް

Author
އިބްރާހީމް ސާޢިދު
05 ނޮވެމްބަރ 2020 12:00
0

ޗެމްޕިއަންސް ލީގުގައި ޒެނިތް ސެއިންޓް ޕީޓާސްބާގާއި ލާޒިއޯ ވާދަކުރި މެޗު 1-1 ލަނޑުން އެއްވަރުވެއްޖެއެވެ. މެޗު އެއްވަރުވުމުން ލާޒިޔޯ ވަނީ ގުރޫޕްގެ ދެވަނައަށް ވެއްޓިފައެވެ.

މެޗުގައި ޒެނިތް އިން ޖެހި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެލެކްސަންޑްރާ ޔެރޯހިން ކާމިޔާބުކުރި އިރު ލާޒިއޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފިލިޕޭ ކައިސެޑޯއެވެ.

މިނަތީޖާތަކާއި އެކު މިގުރޫޕުގެ އެއްވަނައިގައި މިހާރު އޮތީ ކުޅުނު 3 މެޗުން 6 ޕޮއިންޓު ހޯދައިގެން ޑޯޓްމަންޑެވެ. ދެވަނައިގައި ލާޒިއޯ އޮތީ 5 ޕޮއިންޓާއެކުއެވެ. 4 ޕޮއިންޓާއެކު ބްރޫޖް ތިންވަނައިގައި އޮތްއިރު 1 ޕޮއިންޓާއެކު ފުލުގައި އޮތީ ޒެނިތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.