ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންއަހަރާ ގުޅުވައިގެން ބެނެލަކުސް ގައުމަތަކުގައި ނެރުނު ޚާއްސަ 3 ސްޓޭމްޕް ސެޓްގެ ސްވެނިއަރ ޕްލާކު ޓޫރިޒަމް މިނިސްޓްރީއަށް ވެދުންކޮށްފިއެވެ.
ފަތުރުރުވެރިކަމުގެ ރަންއަހަރުގެ ލޯގޯޖެހި ބެލްޖިއަމްގެ ސްޓޭމްޕްސެޓާއި ނެދަރލޭނޑުގެ ސްޓޭމްޕްސެޓާއި، އަދި ލަކުސަމްބަރގަގެ ސްޓޭމްޕްސެޓުގެ ސްވެނިއަރ 3 ޕްލާކު، ބެނެލަކްސް މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީގެ ރައީސް، އަދި ބެލްޖިއަމްގެ ފްލެންޑަރސް ގެ ދިވެހިރާއްޖެގެ އޮނަރަރީ ކޮންސުލް ހިޒްއެކްސެލެންސީ ޖެރާޑު ހުއިޓިންގްވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއަށް ވެދުންކޮށްފިއެވެ.
ބެނެލަކުސް ގައުމަތަކުގެ އެތެރެވަރިޔާއި އިންޓަރނޭޝަނަލް ޕޯސްޓުގެ ޚިދުމަތައް މިހާރުބޭނުން ކުރެވެމެންދާ މި ޚާއްސަ ސްޓޭމްޕް ސެޓްތަކަކީ މޯލްޑިވްސް ބެނެލަކުސް ފްރެންޑުޝިޕް ސޮސައިޓީގެ ފަރާތުން، އެގައުމުތަކުގެ ޕޯސްޓް އޮފީހާއި، ބްރެސެލްސްގަ ހުންނަ ދިވެހިރާއްޖޭގެ ޔޫރަޕިއަން ޔުނިއަންގެއެމްބަސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން ނެރެނު ސްޓޭމްޕްސެޓް ތަކެކެވެ.

މި ސްޓޭމްޕް ސެޓްތަކުގެ ތެރެއިން މިއަހަރު ޖުލައި 5 ގައި ނެރުނު ބެލްޖިއަމް ސްޓޭމްޕް ސެޓް ނެރެދެއްވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ހިޒްއެކްސެލަންސީ ހަސަން ސޯބިރު، އެ ސްޓޭމްޕް ޖައްސަވާފައި، ޕޯސްޓްކުރެއްވި ޚާއްސަ ސިޓީއެއް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދު الله މަޢުޞޫމަށް 15 ޖުލައިގައި ލިބުމުން އެސިޓީލިބިވަޑައިގެންނެވި ޚަބަރު މީޑިޔާއާ ހިއްސާކުރައްވާފައި ވެއެވެ.
ފަތުރުވެރިކަމުގެ ރަންއަހަރާއި ގުޅުވައިގެން މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގެ ފަރާތުންވެސް މުނާސަބަތާގުޅޭ ޚާއްސަ ސްޓޭމްޕް ސެޓަކާއި ސްވެނިއަރ ސެޓެއް 2022 ވަނައަހަރުގެ ފެބުރުއަރީމަހު ނެރުމަށްވަނީ ހަމަޖެހިފައެވެ. އެ ސްޓޭމްޕް ސެޓް ނެރެދެއްވުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕައިނިއަރުންގެ ތެރޭގައި ހިމެނޭ އިޓަލީ ވިލާތުގެ ޖޯޖު ކޯބިންއަށް ވަނީ ޓޫރިޒަމް މިނިސްޓްރީން ދައުވަތު އަރުވާފައެވެ.
ކޮމެންޓު ފޮނުވާ