ޕީއެސްޖީ ބަލިކޮށް ލީޕްޒިގުން އުންމީދު އާކޮށްފި

ޕީއެސްޖީ ބަލިކޮށް ލީޕްޒިގުން އުންމީދު އާކޮށްފި

ގުޅުންހުރި

ޗެމްޕިއަސްލީގުގައި ޕީއެސްޖީ ބަލިކޮށް މުބާރާތުގެ ގަދަ ސޯޅައަށް ދިޔުމުގެ އުންމީދު ލީޕްޒިގުން އާކޮށްފިއެވެ.

އަނިޔާގެ ސަބަބުން ޕީއެސްޖީގެ މުހިންމު ތިންކުޅުންތެރިން ކަމަށްވާ މައޮރޯ އިކާޑީ، ނޭމާ، އަދި ކައިލަން އެމްބާޕޭ ނެތި ކުޅުނު މެޗުން ލީޕްޒިގް ކުރި ހޯދީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑްނަގާފަވަނީ ޕީއެސްޖީންނެވެ. މޮއިސް ކީން ދިން ބޯޅައިކުން މި ލަނޑު މެޗުގެ ހަވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ އެންޖަލް ޑިމާރިޔާއެވެ. މި ލަނޑުޖަހާ ކުރި ހޯދިތާ މާގަނައިރެއް ނުވެ ޕީއެސްޖީއަށް އިތުރަށް ލީޑް ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 16 ވަނަ މިނިޓުގައި ޑިމާރިޔާއަށް ލިބުނު ޕެނެލްޓީ އޭނާއަށް ވަނީ ކާމިޔާބުކުރެވޭ ގޮތްނުވެފައެވެ.

ލީޕްޒިގުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ ފަހުކޮޅު ކްރިސްޓޮފާ ނުކުންކޫ ކާމިޔާބުކުރި ލަނޑުންނެވެ. ލީޕްޒުގުން މެޗުން މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ ދެވަނަ ހާފްގައި ލިބުނު ޕެނެލްޓީއަކުން އެމިލް ފޯސްބާގްއެވެ. މިމެޗު ޕީއެސްޖީން ނިންމާލީ ނުވަކުޅުންތެރިންނާއެކުއެވެ. އެއީ ދެރީނދޫ ކާޑާއެކު ރަތް ކާޑުދައްކާ އިދުރީސް ގުއެއީ އަދި ރެސްނަލް ކިމްބޭ ދަނޑުން ފޮނުވާލުމުންނެވެ.

މިނަތީޖާއެކު ލީޕްޒިގް ވަނީ ގުރޫޕްގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ. ތިންވަނައިގަ އޮތީ ތިންޕޮއިންޓާއެކު ޕީއެސްޖީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *