ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނީ ސްޕެއިންގެ ސެވިއާ އާއި ރަޝިއާގެ ކްރަސްނޯޑާ ވާދަކުރި މެޗު ކްރަސްނޯޑާ ދެލަނޑު ޖަހައި ކުރި ހޯދައިފަވަނކޮށް ފަހަތުން އަރައި ތިންލަނޑުޖަހައިގެން ސެވިއްޔާއިން ވަނީ މެޗު ކާމިޔާބުކޮށްފިއެވެ.
މިމެޗުން ކްރަސްނޯޑާ އިން ފުރަތަމަ ހާފުގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކާ 21 މިނެޓުތެރޭގައި ދެލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް ސެވިއާއިން މެޗުން މޮޅުވީ ފަހަތުން އަރާ ތިން ލަނޑު ކާމިޔާބުކޮށްގެނެވެ. ކްރަސްނޯޑާގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ސުލޭމާނޮވް ކާމިޔާބުކުރިއިރު ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި 21 ވަނަ މިނެޓުގައި މާކަސް ބާގް ކާމިޔާބުކުރި ލަނޑެކެވެ.
ސެވިއްޔާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮއްދިނީ އިވާން ރަކިޓިޗެވެ. ސެވިޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑުގެ އިތުރުން މެޗުން މޮޅުވި ލަނޑުވެސް ދެވަނަހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް އެން ނަސީރީއެވެ.
މިނަތީޖާތަކާއިއެކު މިގުރޫޕުގެ އެއްވަނައިގައި 7 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. ދެވަނައިގައި ސެވިޔާ ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެން އޮތްނަމަވެސް ޗެލްސީއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ކްރަސްނޯޑާ އޮތްއިރު ހަތަރުވަނައިގައި އޮތީ ރެނެސްއެވެ.