އިންޓަ ބަލިކޮށް މެޑްރިޑުގެ ފުރަތަމަ މޮޅު

އިންޓަ ބަލިކޮށް މެޑްރިޑުގެ ފުރަތަމަ މޮޅު

ގުޅުންހުރި

ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާން 3-2 އިން ބަލިކޮށް ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ރެއާލަށް ކަރީމް ބެންޒެމާ އާއި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ދެ ލަނޑުން ލީޑެއް ނަގައިދީފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންޓައަށް އުއްމީދެއް ހޯދައިދިނީ ލަޓާރޯ މާޓިނޭޒް ޖެހި ލަނޑުންނެވެ.

މެޗުގެ  ދެ ވަަނަ ހާފްގައި އިވާން ޕެރިސިޗް އިންޓަ އަށް އެއްވަރު ކޮށްދީފައިވަނިކޮށް ރެއާލް މޮޅުކޮށްދިނީ ބްރެޒިލްގެ ވިންގް ރޮޑްރީގޯ އެވެ. މިއީ އޭނާ މި މުބާރާތުގައި މެޑްރިޑަށް ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ. އެންމެފަހުން އަމިއްލަ ދަނޑުގައި މެޑްރިޑުން އިންޓަމިލާނާ ދެކޮޅަށް ކުޅުނު އަށްފަހަރު ތެރެއިން ހަތް ފަހަރު މެޑްރިޑު ވަނީ ކުރިހޯދާފައެވެ.

މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ރޭ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް ދަނޑުގައި 6-0 އިން މޮޅުވި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ. އެ ޓީމަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޝަހުތަރާއި ތިން ވަނައިގައި އޮތް ރެއާލަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް އިންޓަ އަށް އަދި ލިބުނީ ދެ ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *