ފާއިތުވެދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުން، 5 އަހަރު ދުވަހުގެ ޖަލު ހުކުމުން ރައީސް ޔާމިން މިނިވަން ވުމަށްފަހު ބޭއްވިގެން ދިޔަ، ޕީޕީއެމްގެ ފުރަތަމަ ޖަލްސާގައި، އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ނުތިބެވޭނެ ކަމަށް ވިދާޅުވެ، މޭޖަ ޖެނެރަލް ޝަމާލްއަށް ރައީސް ޔާމިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މިގޮތުން، ދިވެހި އަސްކަރިއްޔާގެ މައިގަޑު އަމާޒަކަށް ވާންވާނީ ދިވެހި ސަރުކާރު ހިމާޔަތް ކުރުން ނޫންކަމަށް ވިދާޅުވެ، ދިވެހި ސިފައިން ހުވާ ކޮށްގެން ތިބީ ދިވެހި ގައުމާއި ދިވެހިންގެ ދީން ހިމާޔަތް ކުރުމަށް ކަން ހާމަ ކުރައްވާ ރައީސް ޔާމިންވަނީ، މޭޖަރ ޖެނެރަލް ޝަމާލްއަކީ އެމަނިކްފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭޅެއްކަމަށް ވިދާޅެވެ، ގައުމަށް އިޚްލާސްތެރިވުމަށް ގޮވާލައްވާފައެވެ.
މިއަދު އަޅުގަޑު ޝަމާލްއަށް ދަންނަވާލަން، އަޅުގަޑުމެން އެންމެން މި ދަންނަވަނީ، އަޅުގަޑުމެން މިތަނުން ބޭނުމޭ އިންޑިއާ ސިފައިން ފައިބަން، އެތިބީ އެގްރިމަންޓެއްކޮށް ގާނޫނާ ޚިލާފަށް އެތިބީ
ރައީސް ޔާމިން ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ޔާމިން ވިދާޅުވީ، ކުރެވިފައިވާ ހުރިހާ އެގްރީމަންޓްތަކާއި، ދިވެހި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫ ބާރު ހިގާނެކަމަށް މަޖިލިސް މެމްބަރުން ވިދާޅުވާކަމަށާއި، އެހެންނަ،މަވެސް މިކަން މިގޮތަށް ހިގާނަމަ، މަގެއް ބަންދު ކުރަން މުއިއްޒަކަށް ނާންގާނެ ކަމަށާއި، އެކަން އެހެން ވާނަމަ، އިންޑިއާ ސިފައިންނާ ބެހޭގޮތުން ނޫސްތަކުގައި ލިޔާ ޖަނަލިސްޓުން ބަންދުކުރަން ނާންގާނެ ކަމަސްވެސް މިޖަލްސާގައި ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.
އަޅުގަޑުގެ އަޚެއް ޝަމާލްއަކީ، އަޅުގަޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. އެހެންވީމަ އަޅުގަދު ކޮއްކޮއަށް ދޭ ނަސޭހަތް މިދެނީ. އެހެންނަމަވެސް މި ސަރުކާރު ދިފާއުކުރަން މަސައްކަތް ކުރާތީ އަޅުގަޑު މިދަންނަވަނީ، އެންމެ ފުރަތަމަ ތީ ދިވެހި ރައްޔިތެއް، އެންމެ ފުރަތަމަ ތީ ދިވެހި ރައްޔިތެއް. ދިވެހި މަންމައެއް، ދިވެހި ބައްޕައެއްގެ ދިވެހި ލޭ ހިގާ، އާދެ، ދިވެހި ކަންނެލި ހިގާ ދިވެހި ދަރިއެއް ތީ.
ރައީސް ޔާމިން ވިދާޅުވި ގޮތުގައި، އެމަނިކްފާނަށް ކަމު ނުދިޔަ ކަމަކީ، ރައީސް ޔާމިން ސީރިއަސްކޮށް އިންޑިއާ ހެލިކޮޕްޓަރުތައް ފޮނުވާލަން އުޅުނު ނަމަ އިންޑިއާ ހެލިކޮޕްޓަރތައް މިތާކު ނުހުންނާނޭ ވިދާޅުވީމަ ކަމަށެވެ. އަދި ވިދާޅުވީ އެހެންނަމަވެސް، އެކަމަށްޓަކާ ކުރެވުނު މައްސައްކަތް ޑިފެންސް މިނިސްޓްރީގަ ފެންނަން ހުންނާނެ ކަމުގައެވެ. އަދި އެމަސައްކަތް ޚާރިޖިއްޔާގަވެސް ފެންނަން ހުންނާނެ ކަމަށެވެ.
މިޖަލްސާގައި ރައީސް ޔާމިންވަނީ ދިފާއީ ބާރުގެ ޖެނެރަލުންނަށްވެސް ކުރައްވައިގެން ތިއްބެވި ހުވަޔާ ޚިލާފް ނުވުމަށް ގޮވާ ލައްވާ ކަމަށާއި، މާދަމާ ހަމަ އެބޭފުޅުން ހުދުގަމީހުގެ ފިޔާތޮށި ޓައި އަޅުއްވައިގެން ސިޔާސީ ޖަލްސާއެއްގެ ކުރީ ސަފުގައި ތިއްބަވަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ވިދާޅުވީ އެބޭފުޅުން ހިމާޔަތް ކޮށްދޭން ޖެހޭނީ ދިވެހި ގައުމާއި ދިވެހިންގެ ދީންކަމުގައެވެ. އެބޭފުޅުން ސަރުކާރު ދިފާއުކުރަން ނުޖެހޭނެ ކަމަށްވެސް ރައިސް ޔާމިން ވިދާޅުވެފައި ވެއެވެ.