އާޖެންޓީނާގެ ފުޓްބޯޅައިގެ ކުރީގެ ތަރި ޑިއޭގޯ މެރެޑޯނާގެ ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފިއެވެ.
އޭނާއަށް ފަރުވާދެމުން އަންނަ ޑޮކްޓަރ ބުނީ މެރެޑޯނާގެ ސިއްހީ ހާލަތު ދަށްވެފައިވަނީ އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކާއި ގުޅިގެންނެވެ. އަދި ސިކުނޑިޔަށް ލޭދައުރުވުމުގައި މައްސަލަތަކެއް ދިމާވެ މިހާރު އޮޕަރޭޝަނެއް ކޮށްފައިވާކަމަށް ޑޮކްޓަރުންގެ ޓީމާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.
އުމުރުން 60 އަހަރުގެ މެރެޑޯނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ ހަށިގަނޑުން ފެން މަދުވުމާއި ހިމަގްލޮބިން ދަށްވެ ލޮނު މަދުވުންފަދަ މައްސަލަތައް އޭނާއަށް ކުރިމަތިވެފައިވާތީއެވެ.
ޑޮކްޓަރ ބުނީ އޭނާއަށް ދިމާވެފައިވާ ސިއްހީ ހާލަތާއި ގުޅިގެން ދިގު މުއްދަތުގެ ފަރުވާއެއް ދޭން ޖެހޭނެ ކަމަށެވެ. 1968 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އޭނާވަނީ މުހިންމު ދައުރެއް އަދާކޮއްފައެވެ.
އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު 60 ވަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ.