ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 1.1 މިލިއަނުން މައްޗަށް!

ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 1.1 މިލިއަނުން މައްޗަށް!

މިއަހަރު މިހާތަނަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް 1،126،539 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މިމަހު މިހާތަނަށްވެސް 113،611 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

މިހާތަނަށް އެންމެ ގިނައި ފަތުރުވެރިން އައި ޤައުމުތައް:

  • އިންޑިއާ: 252,551
  • ރަޝިއާ: 202,277
  • ޖަރުމަނުވިލާތް: 81,223
  • އެމެރިކާ: 47,312
  • އިނގިރޭސިވިލާތް: 42,640
  • ސައޫދީ އަރަބިއްޔާ: 35,452
  • ސްޕެއިން: 32,612
  • ޔުކްރެއިން: 31,406
  • ފްރާންސް: 23,192
  • ސުވިޒަލޭންޑް: 21,123

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ޖުލައި މަހުން ފެށިގެން މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ކޮންމެ މަހަކު އައިސްފައިވެއެވެ. އެންމެ ގިނަ ފަތުރުވެރިން މިއަހަރު މިހާތަނަށް އައިސްފައިވަނީ އޯގަސްޓު މަހުއެވެ. އެއީ 143،599 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ޓޫރިސްޓުން އައިސްފައިވަނީ 6،000 މީހުންނެވެ. އަދި އާއްމުކޮށް ޑެއިލީ އެރައިވަލްސް އުޅެނީ 3،000 އިން މަތީގައެވެ. އަދި އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި މަޑު ކުރަނީ 8.9 ދުވަހުއެވެ.

ރާއްޖޭގައި މިހާރު 10،182 ގެސްޓްހައުސް އެނދު ހިންގައެވެ. އަދި ހުޅުވާފައިވާ ގެސްޓްހައުސްގެ އަދަދު ވަނީ 585 އަށް އަރާފަ އެވެ. އަދި ގެސްޓްހައުސް ހުޅުވާފައިވަނީ 20 އަތޮޅެއްގެ 87 ރަށުގައެވެ. އަދި މިހާރު ރާއްޖޭގައި 51،000 އަށްވުރެ ގިނަ ޓޫރިސްޓު އެނދު ވަނީ ހިދުމަތަށް ނެރެފަ އެވެ. މީގެތެރޭގައި 160 ރިސޯޓުގައި ހުރި 37،353 އެނދު ވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *