އަނިޔާވެގެން ލުކާކޫ މިރޭ މެޗުގައި ނުކުޅޭނެ

އަނިޔާވެގެން ލުކާކޫ މިރޭ މެޗުގައި ނުކުޅޭނެ

Author
އިބްރާހީމް ސާޢިދު
03 ނޮވެމްބަރ 2020 01:21
0

ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އިންޓަ މިލާންގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ލުކާކޫގެ ފަލަމަސްގަނޑަށް އަނިޔާވެ މިރޭގެ މެޗު ގެއްލުމަކީ އެ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއްކަމަށް އިންޓަމިލާނުން ބުނެއެވެ. މިމެޗަށް އިންޓަމިލާނުން މެޑްރިޑަށް ދިޔައީވެސް ކުޅުންތެރިޔާ ނުލައެވެ. އިޓާލިއަން ލީގުގައި އެންމެ ފަހުން އިންޓަ އިން ޕާމާއާ 2-2 އިން އެއްވަރުވި މެޗުގައި ވެސް ލުކާކޫ ނުކުޅެ އެވެ. ބޮޑު މެޗުތަކުގައި ލުކާކޫ ފަދަ ކުޅުންތެރިންގެ ބޭނުން މުހިއްމު ކަމަށް އެޓީމުގެ ކޯޗު ކޮންޓޭވަނީ ބުނެފައެވެ.

އިންޓަ މިލާނާ ގުޅުމަށް ފަހު ލުކާކޫ ވަނީ އެ ޓީމަށް 58 މެޗުން 41 ލަނޑު ޖަހައިދީފަ އެވެ. އެޓީމުގެ އެންމެ އިސްފޯވާޑް ވަނީ މިސީޒަނުގައި އެކަނި ވެސް އިންޓިމިލާނަށް ހަތް ލަނޑުޖަހައިދީފައެވެ. އިންޓައާ ދެކޮޅަށް ނުކުންނައިރު ރެއާލަށް އޮތް ކަންބޮޑުވުމަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ ނުލައި ކުޅެން ޖެހުމެވެ.

ރެއާލާއި އިންޓަ އަށް ވެސް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަދި މޮޅެއް ނުލިބެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.