އައުރަ ނިވާނުކޮށް ޢިމްރާން ޢާންމުންގެ ތެރެއަށް ނިކުތުން ބަލައި ނުގަނެވޭނެ: ޑރ.އިޔާޒް

އައުރަ ނިވާނުކޮށް ޢިމްރާން ޢާންމުންގެ ތެރެއަށް ނިކުތުން ބަލައި ނުގަނެވޭނެ: ޑރ.އިޔާޒް

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2021 07:50
0

އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އައުރަ ނިވާނުވާ ހެދުމެއްގައި ޢާއްމުންގެ ތެރެއަށް ނިކުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަދާލަތު ޕާޓީގެ ޝަރުޢީ ކޮމިޓީގެ ޗީފް ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވީ، ޝައިޚް އިމްރާން، ކަކޫ ފެންނަ ސޯޓެއް ލައިގެން ޖޯޖޯގައި ފުޓުބޯޅަ މެޗެއް ކުޅުއްވާ މަންޒަރު ފެންނަ ފޮޓޯއާއޮ ވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުވުމާއި ގުޅިގެންނެވެ.

ޝައިޚް ޢިމްރާން އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ސޯޓެއްލައިގެން އެކުވެރިކަމުގެ މެޗެއް ކުޅުއްވާފައެވެ. މި މެޗްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ކުޅުއްވާފައެވެ.

މިކަމާއި ގުޅިގެން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ދީނީ ކަންކަމަށް ޢާންމުން ހޭލުންތެރިކުރުމުގައި އިސްކޮށް އުޅުއްވާ އަދާލަތު ޕާޓިގެ އިސް ބޭފުޅެއްވެސްކަމަށްވާ ޑރ.އިޔާޒް ވިދާޅުވީ، ޢައުރަ ނިވާ ކުރުމަކީ ވަކި މީހަކު ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އެއީ އެންމެންވެސް ކުރަންޖެހޭ ކަމެއްކަމަށާއި، ޚާއްޞަގޮތެއްގައި އެހެންމީހުންނަށް ނަމޫނާ އަކަށް ވާންޖެހޭ ޢިމްރާންމެން ފަދަ ބޭފުޅަކު ކަކޫ ފެންނަ ހެދުމެއްގައި ޢާއްމުންގެ ތެރެއަށް ނިކުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

ޝައިޚް ޢިމްރާން އައުރަ ނިވާނުވާނުވާ ހެދުމެއްގައި ހުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އިމްރާނަށް ފާޑުވިދާޅުވަމުންނެވެ. އިމްރާނަށް ފާޑުކިޔުން އަމާޒުވީ ދީނީ އިލްމުވެރިއަކަށް ވެވަޑައިގެން ހުންނަވާ އެފަދަ ގޮތަކަށް އަމަލު ކުރެއްވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.