ކޮމެޓީތަކުގައި 33 ބިލު އެބައޮތް، މަސައްކަތް އަވަސްކޮށްދީ: ނަޝީދު

ކޮމެޓީތަކުގައި 33 ބިލު އެބައޮތް، މަސައްކަތް އަވަސްކޮށްދީ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2021 11:47
0

ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް 33 ބިލެެއްގެ މަސައްކަތް ނުނިމި އެބައޮތް ކަމަށާއި ކޮމެޓީތަކުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތައް މަޖިލީހަށް ފޮނުވިޔަސް، މިހާރު ހުރި ބިލުތަކުގެ މަސައްކަތް ނުނިމޭ ނަމަ މަޖިލީހުގެ މަސައްކަތްތައް މުޅިން ނިންމަން ދަތިވާނެ ކަަމަށެވެ.

ކޮމިޓީތަކުގައި ހުރި ބިލްތައް:

– ޖޮއިންޓް ކޮމިޓީ – 7 ބިލު

– ޖުޑީޝަރީ ކޮމިޓީ – 5 ބިލު

– ލާމަރުކަޒީ ކޮމިޓީ – 5 ބިލު

– އިޖުތިމާއީ ކޮމިޓީ – 4 ބިލު

– ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ – 4 ބިލު

– އިގުތިސޯދީ ކޮމިޓީ – 2 ބިލު

– ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ – 2 ބިލު

– ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ – 2 ބިލު

– މިނިވަން މުއައްސަސާތަކުގެ ކޮމިޓީ – 1 ބިލު

– މާލިއްޔަތު ކޮމިޓީ – 1 ބިލު

މަޖިލީޙުގެ މިދައުރުގެ ޖަލްސާތައް ގިނަ ދުވަހު ބާއްވާއިރު ކުރާނެ މަސައްކަތްތެއްނެތި ގިނަ ދުވަހުގެ ޖަލްސާތައް ވަނީ ނިންމާލާފައެވެ. މިދައުރުގައި ސަރުކާރުގެ ފަރާތުންބިލްތައް ނުލިބޭތީ މަޖިލިސް ރައީސް ވަނީ މިދިޔަ ހަފްތާގައި ކަންބޮޑުވުންވެސް ފާޅު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.