އިނގިރޭސި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް އާސެނަލްއިން ކުރި ހޯދައިފިއެވެ. ޔުނައިޓެޑުގެ ދަނޑުގަ ކުޅުނު މެޗު އާސެނަލް ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.
މެޗުގައި އާސެނަލްގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ 69 މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އައުބަމަޔަންއެވެ. އެންމެފަހުން ލީގުގައި އާސެނަލް ކުޅުނު ފަސްމެޗުގައި އުބަމަޔަންއަށް ލަނޑެއް ޖެހިފަނުވެއެވެ. މިއީ އެންމެފަހުން ކުޅުނު ތިންމެޗުގެ ތެރެއިން އައުބަމަޔަން އަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހަމަލާއެވެ.
މެޗުގައި ޔުނައިޓެޑަށް ވަނީ މާއެދެވޭ ކުޅުމެއް ނުދެއްކިފައެވެ. މެޗުގައި އާސެނަލްގެ ގޯލާ އަމާޒުކޮށް ޔުނައިޓެޑަށް ފޮނުވާލެވިފަ ވަނީ އެންމެ ދެހަމަލާއެވެ.
މިއީ 2006 ގެ ސެޕްޓެމްބަރުގެ ފަހުން ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މިއީ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ކުލަބަށް ކޯޗުކަންކޮށްދިން 100 ވަނަ މެޗެވެ. އެންމަފަހުން ލީގުގައި ކުޅުނު ހަ މެޗުން ޔުނައިޓެޑަށް ހޯދިފަވަނީ ހަތް ޕޮއިންޓެވެ. މި ސީޒަނުގައި ލީގުގައި މިހާތަނަށް ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުތަކުން އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ.
މި ނަތީޖާއާއެކު އާސެނަލް ވަނީ ތާވަލުގެ 9ވަނައަށް ޖެހިލާފައެވެ. އެ ޓީމު 9ވަނައިގައި އޮތީ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. މެޗުން ބަލިވި ޔުނައިޓެޑު އޮތީ ތާވަލުގެ 15 ވަނައިގައެވެ.