ޖީއެމްއާރުގެ ދިފާއުގައި އަމީރު ދެއްކެވި ވާހަކަތައް މައުސޫމް ތިލަކޮށްދެއްވައިފި!

ޖީއެމްއާރުގެ ދިފާއުގައި އަމީރު ދެއްކެވި ވާހަކަތައް މައުސޫމް ތިލަކޮށްދެއްވައިފި!

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2021 04:13
0

އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެ ދެއްކެވި ވާހަކަތައް ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް އިޤްތިޞާދީ ނަޒަރަކުން ތިލަކޮށް ދެއްވައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓްވިޓަރގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރުގެ ވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑިވަޅުގައި މިނިސްޓަރ މައުސޫމް ވިދާޅުވީ އަމީރު ދެއްކެވި ވާހަތައް އިޤްތިޞާދީ ނަޒަރަކުން ފަހުމް ކޮށްލުމަކީ މުހިންމު ކަމެއްކަމަށެވެ. ރާއްޖޭގެ ބައިނަލް އަޤުވާމީ ވައިގެ ބަދަރުގެ މިހާރުގެ ހާލަތު އޮތް ގޮތުން މިއަހަރާއި އަންނަ އަހަރުވެސް ފަތުރުވެރިން ތޮއްޖެހި ޖާގައިގެ ދަތިކަން ކުރިމަތިވާނެކަމީ އޮތް މާސިންގާ ގޮންޖެހުމެއްކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވި ބަސްކޮޅު ސިޔާސީ ނަޒަރު އެއްކިބާކޮށް އިގުތިސޯދީ ނަޒަރަކުން ފަހުމުވެލުން މުހިންމު. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ތޮއްޖެހުން އެއީ މިއަހަރު އަދި އަންނަ އަހަރުވެސް ފަތުރުވެރިކަަން އޮމާންކަމާއި އެކު ކުރިއެރުމަށް އޮތް މާސިންގާ ގޮންޖެހުމެއް!

– ޑރ.މައުސޫމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއު އޮންނާނީ ނިމިފައިކަމަށެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔަ އިރުވެސް އެމަސައްކަތް ދަނީ އަދިވެސް ކުރަމުންކަން އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައިފމ، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެންދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއްކަމާއި އަދި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކުކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީމްއެއާރުއާއެކު ވެފައިވާ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބަދަލުގެ ގޮތުގައި ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާކުންބޭ
އެއީ ބޮޑު ޖަރީމާއެއް، ކޭޝް ކައު އެއް، ވިޔަފާރި ނަޒަރަކުން މޮޔައެއް ނޫނީ ވިއްކައެއް ނުލާނެ. ދެންވެސް ތިކަހަލަ ޖަރީމާ އެއް ހިންގައިފިނަމަ ރައްޔިތުން އެމްޑީޕީ އަށް ވޯޓެއް ނުދޭނެ.