ފުލުހުން ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 10 މީހުންގެ ތެރެއިން 8 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކަމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފުލުހުންގެ ހިންގި އޮޕަރެޝަނެއްގައި 100 ކިލޯގެ ޑްރަގު ހޯދާފައިވާކަމަށެވެ. މި އޮޕަރޭޝަންގައި ހޯދާފައިވަނީ ޑްރަގުގެ ބާވަތެއް ކަމުގައި ހެރޮއިންކަމަށް ސީޕީ ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިއޮޕަރޭޝަންގައި 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިއޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށާއި މާލެއާއި ހުޅުމާލޭގެ ބައެއް ގެ ބަލާފާސްކޮށްފައިވާކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން 10 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން 4 މީހެއްގެ ބަންދަށް 15 ދުވަސް، 3 މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް 5 ދުވަސް ބަންދަށް ދީފައިވާކަމަށެވެ. އަދި ހައްޔަރުކުރި މީޙުންގެ ތެރެއިން 2 މީހަކު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައި ކޯޓުން ބަންދުން ދޫކޮށްލި ދެމީހުންގެ ބައި ވަނީ އިސްތިއުނާފް ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިކަމަށެވެ. އަދި މިމައްސަލަޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ތަހްގީގް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ