ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް އިޓަލީގެ ޔުވެންޓަސް ކުރި ހޯދައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިވީ ޔުވެންޓަސް ދަނޑުގައި 1-0 އިންނެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ބަލިވެފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކުރި ލަނޑުންނެވެ. ދެވަނަ ހާފު ފަށައިގެން ދިހަ ސިކުންތުގެ ތެރޭގައި ޔުވެންޓަސް މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ ފެޑެރިކޯ ކިއެސާ އެވެ. އޭނާ މި ލަނޑު ޖެހީ ފެޑެރިކޯ ބާނަޑެޝްކީ ދިން ބޯޅައަކުންނެވެ.
މި މެޗަށް ނިކުތުމުގެ ކުރިން ހެދި ޓެސްޓުތަކުން ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ކޮވިޑަށް ފައްސިވެފައިވާތީ އޭނާ ނުކުޅެއެވެ.
މި މެޗުން ޔުވެންޓަސް މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ބުދަ ދުވަހުގެރޭ ކުލަބު ޒެނިތުން ވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މަލްމޯ ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗެލްސީ އާއި ތިންވަނައިގައި އޮތް ޒެނިތަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މަލްމޯއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ