މެޑްރިޑްގެ ދަނޑުގައި ޝެރިފުން މެޑްރިޑް ދަލު ގަންނަވާލައިފި

މެޑްރިޑްގެ ދަނޑުގައި ޝެރިފުން މެޑްރިޑް ދަލު ގަންނަވާލައިފި

Author
މުޙައްމަދު ޝަޒައިމް
29 ސެޕްޓެމްބަރ 2021 09:45
0

ޔުއެފާ ޗެންޕިއަންސްލީގުގެ ގްރޫޕް ޑީ ގައި ރޭ ރެއާލް މެޑްރިޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޝެރިފުން ކާމިޔާބުކޮށް މެޑްރިޑް ލަދު ގަންނަވާލައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަސުރްބެކް ޔަކްޝިބޮއޭވެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ވިނީޝިއުސް ޖޫނިއާއަށް ޝެރިފުގެ އެޑްމަންޑް އަޑޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ޖެހި ލަނޑާއެކު ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގައި ޖުމްލަ 72 ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ހަތަރުވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

ބެންޒެމާގެ ލަނޑުން ރެއާލުން ނަތީޖާ އެއްވަރުކުރި ނަމަވެސް، މެޗުގެ ފަހު މިނެޓުގައި ޝެރިފުން ވަނީ އަލުން މި މެޗުގައި ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެބަސްޓިއަން ތިލްއެވެ.

މި ނަތީޖާއާއެކު ގްރޫޕް ޑީގެ އެއްވަނައަށް ޝެރިފް ޖެހިލިއިރު، އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ. އެއާއެކު ޝެރިފަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް އިންޓަ އާއި ޝަޚްތާރަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Ibbe
Ladhu gannaakah nujehe aslhu aee amilla danduviyas rasunbeyru danduviyas kulheyni hama 11 kulhunterin.