ކޯވިޑް ސާމްޕަލް ނެގިފަހުން އިކްރާމްގެ ހާލަތު އިތުރަށްވީ ގޯސް: ޝިިޔާމް

ކޯވިޑް ސާމްޕަލް ނެގިފަހުން އިކްރާމްގެ ހާލަތު އިތުރަށްވީ ގޯސް: ޝިިޔާމް

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2021 06:45
0

ކޯވިޑް ސާމްޕަލް ނަގަން އުޅުމުން ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަންއަށް ދެވުނު ހަމަލާއަށްފަހު، ތަންކޮޅެއް ރަނގަޅުވާނެކަމަށް އުންމީދު ކުރި ނަމަވެސް މިހާރު ހާލަތު މާގޯސްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ތ.ގުރައިދުއަށް ވަޑައިގަތުމަށްފަހު، އެރަށުގެ ކައުންސިލާއި، ރައްޔިތުންނާއި ބައްދަލުވުމުން މެމްބަރު ޣައްސާނާއި، ރައްޔިތުންނާއި ގުޅުންނެތްކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ. ޝިޔާމް ވިދާޅުވީ ކޯވިޑްގެ ސާމްޕަލް ނަގަން އުޅުނު، އިކްރާމް ކަންތައް ކުރެއްވި ގޮތުން އަމިއްލަފުޅަށް ކަންކަން އިސްލާހު ކުރައްވަން މަސައްކަތް ކުރިކަމަށް އުންމީދު ކުރެވުނު ކަމަށެވެ. ނަމަވެސް ފެންނަނީ އެއަށްވުރެ މާހާލަތު ގޯސްކޮށް ކަމަށެވެ.

ތަންކޮޅެއް ހަމަޖެހޭ ވާހަކައެއް ދައްކަވަނީކީ ނޫން، ހަމަޖެހޭ ކަމެއް ކުރެއްވެނީކީ ނޫން، ކޯވިޑް ސާމްޕަލް ނަގަންވެގެން ޒުވާން ކަނބަލަކު އުޅުއްވީމާ އިކްރާމަށް އެދުވަހު ކަންތައް ކުރެއްވުނު ގޮތުން ހީކުރީ މިހާރު ތަންކޮޅެއް ހަމަޖެހޭނެ ކަމަށް. އެކަމަކު މާގޯސްވެފަ ތިހުންނެވީ މިހާރު.

– ޝިޔާމް ވިދާޅުވިއެވެ.

އިކްރާމްގެ ވާހަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އިކްރާމައަކީ ކޮންމެފަދަ ވާހަކައެއްވެސް ދައްކަން ފަސްޖެހޭނެ މީހެއް ނޫންކަމަށެވެ. އިކްރާމްއަކީ ކޯވިޑްގެ ސާމްޕަލް ނަގަން އުޅުނު ކުއްޖަކަށް ހަމަލާދީފައިވާ މީހަކަށްވާއިރު، ނިފަދަ މީހަކު ކޮންމެފަދަ ކަމެއްކޮށްވެސް ކޮށްފާނެކަމަށް ރައްޔިތުން ގަބޫލު ކުރަންޖެހޭކަމަށެވެ.

މީނަ ކޮންމެ ފަދަ ވާހަކަ އެއްވެސް ދައްކަފާނެ. މީނަ މީ ކޮވިޑް ސާންޕަލް ނެގި ނަރުސް ކުއްޖާގެ ކަންފަތްމަތީ ޖެހި އެމް.ޕީ. އިކްރާމް ދަންނަ ކޮންމެ މީހަކަށް އެގޭނެ މީނަ އިތުރު އެވެސްގޮތެއް ނެތިއްޔާ މެނުވީ ތެދެއް ނުހަދާނެކަން.

– ޝުޖާ ވިދާޅުވިއެވެ.

ފާޑުކިޔުންތަކާއިއެކު އިކްރާމް އެންމެފަހުން ޝިފްނާއާއި، ޢާއިލާގެ ކިބައިން މަޢާފަށް އެދިއްޖެ

މެމްބަރު އިކްރާމް ވަނީ ގުރައިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި، ބައެއް ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމަށްފަހު އިކްރާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކައުންސިލުންވެސް އަދި ރައްޔިތުންވެސް ބުނެފައިވަނީ މެމްބަރާއި ނުގުޅޭކަމަށެވެ. އަދި ބައްދަލު ކުރަންވެސް އުދަގޫތަކެއް ހުރިކަމަށެވެ. ގުރައިދޫ ރައްޔިތުން ތިބީ ރައީސް ޞާލިހު ކޮށްދެއްވާ ތަރައްޤީގެ ކަންކަން ބަލައިގަނެ އުފަލުންކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމްގެ ވާހަކަތަކަށް ގުރައިދޫ ދާއިރާގެ ކައުންސިލް މެމްބަރަކު ވަނީ އެޓުވީޓުގައި ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޣައްސާނާއި ބަރާބަރަށް ގުޅުން އޮންނަ ކަމަށާއި، އިކްރާމް ދެއްކެވި ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫންކަމަށެވެ. އަދި އޭނާ ވަނީ ކޯވިޑްގެ ތެރޭގައިވެސް ޣައްސާންގެ ފަރާތުން ލިބުނު އެހީތެރިކަން ޝުކުރުވެރި ކަމާއިއެކު ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.