ސިޔާމް ވޯލްޑްގައި ފުލުހުން ޑްރަގް އޮޕަރޭޝަނެއް ހިންގަނީ

ސިޔާމް ވޯލްޑްގައި ފުލުހުން ޑްރަގް އޮޕަރޭޝަނެއް ހިންގަނީ

Author
މުޙައްމަދު ޖިމީ
23 ސެޕްޓެމްބަރ 2021 06:54
0

ހުޅުވުމަށް ތައްޔާރުވެފައިވާ އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ރިސޯޓް "ސިޔާމް ވޯލްޑް"ގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.

ފުލުހުން އެރަށަށް އެރީ މަސްތުވާތަކެތި ވިއްކާ އަދި އެ ބޭނުންކުރާކަމުގެ ތުހުމަތުގައިކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ނ.އަތޮޅު ދިގުރަށުގައި ތަރައްޤީކުރަމުން އަންނަ އެ ރިސޯޓްގައި މިވަގުތުވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އެއްވެސް މަޢުލޫމާތެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ސިޔާމް ވޯލްޑް ރިސޯޓު އަންނަ ޑިސެމްބަރުމަހުގެ ފަހުކޮޅު ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ. މި ރިސޯޓުވެގެންދާނީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓަށެވެ. އެގޮތުން މި ރިސޯޓު ތަރައްޤީކޮށްފައިވާ ނ.އަތޮޅު ދިގުރަށުގެ ބޮޑު މިނުގައި 52 ހެކްޓަރު ހުރެއެވެ. އަދި ރަށް ވަށައިގެން 1.5 ކިލޯމީޓަރުގެ ފަރެއް އޮވެއެވެ.

މިއީ ރައީސއް ޔާމީންގެ ސަރުކާރުގައި ސޮވެރިން ގެރެންޓީ ދީގެން ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނައިފަރޭ
ތިޔަހެން ހިންނަވަރަށް ވެސް އަރާލަބަ... ލައިވް ކޮށް ފެންނާނެ މިހާރުވެސް