ޖުމްހޫރީ ޕާޓީގެ ރައީސް، ކަމުގެ މަޤާމުގައި މިހާރު ހުންނެވި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދާއި ވާދަ ކުރައްވަން ބޭނުންވާކަމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މައުސޫމަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަލީ ވަހީދު ވަނީ ޑރ.މައުސޫމް މިނިސްޓަރުކަމުގައި ކަންކަން ތަންފީޒު ނުކުރެއްވޭކަމަށް ވިދާޅުވެފައެވެ. އަދި ވެފައިވާ ވައުދުތައް ތަންފީޒު ކުރުމުގެ ބަދަލުގައި މުޅިން އެހެން މަސައްކަތެއް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަލީ ވަހީދު ޕްރެސް ނުނިމެނީސް މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދު ހުންނެވި މަޤާމަގަށް ދެން އޮންނަ ޖޭޕީގެ ކޮންގްރެސްއެއްގައި ވާދަކުރައްވަން ބޭނުންވާކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ދެންއޮންނަ ގައުމީ ކޮންފަރެންސްގަ ޕާޓީގެ އިންތިޚާބު ބާއްވާއިރު ޕާޓީގެ "ރައީސް" ކަމަށް ކުރިމަތި ލުމުގެ ވިސްނުމެއް އެބަ ގެންގުޅެން.
– ޑރ.މައުސޫމް ވިދާޅުވިއެވެ.
އަލީ ވަހީދު ވަނީ ޑރ.މައުސޫމަށް ފާޑުވިދާޅުވަމުން، އައްޑޫގެ ރައްޔިތުންގެ ޖީޕަށް ޕައުންޑް ވަންނާނެކަމަށްވެސް ބުނި ކަމަށާއި، ނަމަވެސް އައްޑޫގައި ޕައުންޑްވަން ވަންނަ ރައްޔިތަކު ނެތްކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވީ ގާސިމް އިބްރާހިމަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ. އަދި އެ ޕާޓީގެ ރައީސް ކަމުން އޭނާ ވަކިކުރެއްވުމާއި އަދި އެ މަގާމުގައި ބެހެއްޓެވުމާއި ގުޅޭގޮތުން ގޮތް ނިންމާނީ ޖޭޕީގެ ކަައުންސިލުން ކަމަށެވެ. ކައުންސިލުން ކޮންމެ ގޮތަކަށް ނިންމެވިއަސް އެކަަމަށް ފަރުވާލެއް ނެތް ކަަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ