ރާއްޖެއަށް ފަތުރުވެރިން އައި ޢަދަދު 8ލައްކައިން މައްޗަށް

ރާއްޖެއަށް ފަތުރުވެރިން އައި ޢަދަދު 8ލައްކައިން މައްޗަށް

Author
މުޙައްމަދު ޖިމީ
14 ސެޕްޓެމްބަރ 2021 09:46
0

ރާއްޖެއަށް މިއަހަރުގެ މިހާތަަނށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 8 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %104.4 އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައިސްފައިވަނީ 809،764 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 396،129 ފަތުރުވެރިންނެވެ.

މަހުން މަހަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ޢަދަދު:

  • ޖަނަވަރީ 92،103 ފަތުރުވެރިން
  • ފެބްރުއަރީ 96،882 ފަތުރުވެރިން
  • މާރޗް 109،585 ފަތުރުވެރިން
  • އޭޕްރީލް 91،200 ފަތުރުވެރިން
  • މޭއި 64،613 ފަތުރުވެރިން
  • ޖޫން 56،166 ފަތުރުވެރިން
  • ޖުލައި 101،818 ފަތުރުވެރިން
  • އޮގަސްޓް 143،599 ފަތުރުވެރިން
  • ސެޕްޓެމްބަރ މަހުގެ 13އާއި ހަމައަށް 53،798 ފަތުރުވެރިން

މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެއީ 4862 ފަތުރުވެރިންނެވެ. ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވަމުން އަންނައިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 4000 އިން މަތީގައެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެފައި އޮތުމަށްފަހު ފަތުރުވެރިން އަންނަ ޢަދަދުތައް އިތުރުވުމާއި ގުޅިގެން އިޤްތިޞާދު ވަނީ ރަނގަޅުވާން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.