ރާއްޖެއިން އިތުރު 165 މީހަކު ކޯވިޑަށް ޕޮޒިިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 165 މީހަކު ކޯވިޑަށް ޕޮޒިިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 11:19
0

ރާއްޖެއިން އިތުރު 165 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 165 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 51 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 103 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހެކެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2،117 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ. މިއާއެކު މިބައްޔަށް ހުށައެޅުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 82،264 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 112 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 79،907 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5،438 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަށް 227 މީހަކުވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.