"ޓްއަރިޒަމް އެންޑް ޑައިވަރސިފިކޭޝަން" ގެ ޓީމް މީމު އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށްފި

"ޓްއަރިޒަމް އެންޑް ޑައިވަރސިފިކޭޝަން" ގެ ޓީމް މީމު އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށްފި

Author
ޢަލީ އާދަމް
05 ސެޕްޓެމްބަރ 2021 08:27
0

ޓްުއަރިޒަމް މިނިސްޓްރީގެ "ޓްއަރިޒަމް އެންޑް ޑައިވަރސިފިކޭޝަން" ގެ ޓީމް މީމު އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ.

މި މަހުގެ 2ވަނަ ދުވަހު ފެށި މިދަތުރުތަކުގައި، މިނިސްޓަރ އޮފް ޓްއަރިޒަމް އަބްދުﷲ މައުސޫމްއާއި މުލަކު ދާއިރާގެ މެމްބަރ އިބްރާހިމް ނަސީރު އަދި ދިއްގަރު ދާއިރާގެ މެމްބަރ އިކްރާމް ހަސަންގެ އިތުރުން ޓްއަރިޒަމް މިނިސްޓްރީގެ ޓީމެއް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މި ދަތުރުތަކަކީ، ލޯކަލް ޓްއަރިޒަމް އަތޮޅުތެރޭ ރަށްތަކުގައި ފުޅާކޮށް، މި އަންނަ އަހަރު ޖެނުއަރީގައި ފެށުމަށް މަސައްކަތްކުރާ "ހޯމްސްޓޭ ޓްއަރިޒަމް" ގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންދާ ދަތުރުތަކެކެވެ.

އެގޮތުން، މިދަތުރުގައި މިމަހުގެ 2ވަނަ ދުވަހު އެންމެ ފުރަތަމަ ޒިޔާރަތް ކޮށްފައިވަނީ މީމު އަތޮޅު ކޮޅުފުށްޓަށެވެ. އަދި ހަމައެދުވަހު އެއަތޮޅު މުލި އަދި ނާލާފުށްޓަށްވެސް ޒިޔާރަތްކޮށްފައިވެއެވެ. އޭގެއިތުރުން މިމަހުގެ 3ވަނަ ދުވަހު އެއަތޮޅު މުލައް، ދިއްގަރު އަދި ރަތްމަންދޫއަށްވެސް ޒިޔާރތްކޮށްފައިވެއެވެ. މިޒިޔާރަތްތަކުގައި މީމު އަތޮޅު ކައުންސިލްގެ ރައީސް މުޙަންމަދު ނިމާލްވެސް ބައިވެރިވެ ވަޑައިގެންފައިވެެއެވެ.

މީމު އަތޮޅުގެ ރަށްތަކަށް ކުރެވުނު މިޒިޔާރަތުގައި، އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ކޮމިޓީއަށް މަސައްކަތްކުރާ ކުރާ ކޮމިޓީގެ އިތުރުން އެރަށްރަށުގެ ވިޔަފާރިވެރިންނާއިވެސް ބައްދަލު ކުރައްވާފައިވެއެވެ. އަދި ފަތުރުވެރިކަން ތަޢާރަފްކުރެވޭނެ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް އެކަމުގެ މައުލޫމާތު، "ޓްއަރިޒަމް އެންޑް ޑައިވަރސިފިކޭޝަން" ގެ ޓީމްއިން ވަނީ ހިއްސާކޮށްފައެވެ.

މިސަރުކާރުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޓޫރިޒަމް ފުޅާކުރުމަށް، "ހޯމްސްޓޭ ޓްއަރިޒަމް" ތައާރަފް ކުރާނެކަމުގައި ވަނީ ބުނެފައެވެ. "ޓްއަރިޒަމް އެންޑް ޑައިވަރސިފިކޭޝަން" ގެ ޓީމްއިން ވަނީ މިދިޔަ މަހުގެ 25 އިން 29 އަށް ބ.އަތޮޅުގެ ރަށްތަކަށްވެސް ދަތުރުކޮށްފައެވެ. އަދި މި ޓީމުންވަނީ ތިލަދުންމަތީގެ ރަށްތަކަށްވެސް ޒިޔާރަތްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.