އަދަދުތައް މައްޗަށް، މިއަދުވެސް 157 މީހަކު ކޯވިޑަށް ޕޮޒިޓިވް

އަދަދުތައް މައްޗަށް، މިއަދުވެސް 157 މީހަކު ކޯވިޑަށް ޕޮޒިޓިވް

ރާއްޖެއިން ކޯވިޑް19އަށް އިތުރު 157 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 157 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 45 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 106 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 6 މީހެކެވެ.

މިހަފްތާ ތެރޭގައި ރައްޖެއިން ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ދާން ފަށާފައިވާއިރު މާލެ ސަރަހައްދުންވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޖޫން މަހުގެ 23 އިން ފެށިގެން މިހާތަނަށް އައިއިރު އެވްރެޖްކޮށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ހުރީ 20އާއި 35އާއި ދެމެދުގައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2،002 އަށް އަރާފައެވެ. މީގެތެރެއިން 27 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ. މިއާއެކު މިބައްޔަށް ހުށައެޅުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 81،810 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 121 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 79،569 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5120 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަށް 226 މީހަކުވަނީ ނިޔާވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *