ނ. މިލަދޫ ބަނދަރު ބޭރުތޮށިލުމުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ، މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް މިއަދު ނިމިފައި ވާކަމަށެވެ. އަދި 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތުގެ 56 އިންސައްތަވެސް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ.
އެމްޓީސީސީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް ނިންމައިލުންކަމަށް ވެސް އެކުންފުނިން ބުނެއެވެ.
We have completed the construction of breakwater of N. Miladhoo Harbor today. The construction of revetment is currently ongoing, with 56% completion. Our target is to complete the project before the end of this year. #MTCCProjects pic.twitter.com/6X15OgPKRZ
— MTCC Plc (@MTCCPlc) August 22, 2021
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި 37,222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
އަދި 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.