ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އަދާލަތު ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
އަދާލަތު ޕާޓީގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވަމުން ގެންދެވި، އަދި މި ސަރުކާރުގައި، އެޕާޓީގެ ފަރާތުން ޖެންޑަރ މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ޝިދާތާ އަދާލަަތު ޕާޓީން މިއަދު އިސްތިއުފާ ދެއްވާފައިވާކަން މީޑިއާތަކަށް އޭނާވަނީ ޔަގީން ކޮށްދެއްވައިފައެވެ.
ޝިދާތާއާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާ އަދާލަތު ޕާޓީން އިސްތިއުފާ ދެއްވި ސަބަބުން މާދަމާ ރަސްމީކޮށް މީޑިއާތަކަށް ހާމަކުރައްވާނެއެވެ.
ޝިދާތާ އަދާލަތު ޕާޓީން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ މިހާތަނާ ޖެހެންދެންވެސް ހުންނަވާފައިވަނީ، އެޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ރައީސާކަމުގެ މަގާމުގައެވެ. އެމަގާމުގައި ހުންނަވައިގެން އޭނާވަނީ، ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަދާލަތުޕާޓީގެ ފަރާތުން އެންމެ އިސް އެއްބޭފުޅެއްގެ ގޮތުގައި ހަރަކާޔްތެރި ވެވަޑައިގެންފައެވެ.
އަދި އޭނާ ފާހަގަވެގެން ދިޔައީ، އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާން ކުރީ ސަރުކާރުން ޖަލަށް ލެއްވުމުން، ހިންހަމަ ޖެހިވަޑައި ނުގެން އޭރު ހުންނެވި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ޝޭޚް އިމްރާން ޖަލުން ސަލާމަތް ކުރުމަށް އެންމެ އިސްކޮށް ހަރަކާތެރިވި އެއް ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.
މިސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގެ ގޮތުގައި ޖެންޑަރ މިނިސްޓަރު ކަމުގައި ޝިދާތާ ހުންނަވަނިކޮށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިހަށް ވެއްދުމަށް މެމްބަރުން މަސައްކަތް ފެއްޓެވި ހިސާބުންނެވެ.
ޝިދާތާ މަގާމުން އިސްތިއުފާ ދެއްވުމާއެކު އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާން އޭރު ވިދާޅުވެފައިވަނީ، ޝިދާތާގެ ތަރި ސިޔާސީ މަސްރަހުން އޮއްސިގެން ނުދާނެ ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމުގައެވެ.
Adhi e ee gelligendhaane kamehves noon iA.
Allah ge vaagifulhaaeku Shidhatha ge thari raajjeyge siyaasee udharehun ossen gaaivesnuvey! Siyaasee harakaathuga Shidhatha akee Adhaalath Party ge eh mugoo.
— Imran Abdulla (@ShimranAb) February 6, 2020
އެހެންނަމަވެސް ޖެންޑަރ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވިފަހުން އަދާލަތު ޕާޓީގެ މަސައްކަތްތަކުން އޭނާ ފެނިފައެއް ނުވެއެވެ.
ޝިދާތާވަނީ ދާދިފަހުން އާ ކައިވެންޏެއްވެސް ކުރައްވާފައެވެ. އޭނާ ކައިވެނި ބައްލަވައިގެންނެވީ ފިލްމީ ތަރިއެއް ކަމުގައިވާ ޒިޔާއާއި އެވެ. އޭނާއަކީ ޖުމުހޫރީޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެޕާޓީގެ އެކްޓިވިސްޓެކެވެ.
ކޮމެންޓު ފޮނުވާ