އަފްޣާނިސްތާނުގައި ޒަމާނީ މުސްލިމު ދައުލަތެއް ޤާއިމް ކުރުމަށް ރާއްޖޭގެ އެހީ މުހިންމު: ޝަހީމް

އަފްޣާނިސްތާނުގައި ޒަމާނީ މުސްލިމު ދައުލަތެއް ޤާއިމް ކުރުމަށް ރާއްޖޭގެ އެހީ މުހިންމު: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2021 08:32
0

އަފްޣާނިސްތާނުގައި ޒަމާނީ މުސްލިމު ދައުލަތެއް ޤާއިމް ކުރުމަށް ރާއްޖޭގެ އެހީތެރިކަމާއި، ތަޖުރިބަ މުހިންމު ވާނެކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވެފައި ވާއިރު، ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަފްއާނިސްތާނުގައި ހުޅަގުގެ ގައުމުތަކުން ގާއިމް ކޮށްފައިއޮތް ސަރުކާރު ވެރިކަމުން ދުރުކޮށް، ވެރިރަށް ކާބުލް ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސް، އަދި ރިޔަސީ ގަޑުވަރުވެސް އެމީހުންގެ ބާރުގެދަށަށް ގެނެސް، 20 އަހަރުވަންދެން ކުރަމުން އައި ހަގުރާމަ މިހާރު ނިމިއްޖެކަން ތާލިބާނުން ވަނީ އިއުލާން ކޮށްފައެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން ތާލިބާނުންގެ ސަރުކާރު ގަބޫލުނުކުރާކަން ދަނީ ހާމަކުރަމުންނެވެ. ރާއްޖެއިން އަފްޢާނަށް މިހާލަތުގައި ކޮށްދެވިދާނެ ކަމަކާއި ގުޅޭގޮތުން ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ އެހީތެރިކަން މިވަގުތު އަފްޣާނިސްތާނަށް މުހިންމު ކަމަށެވެ. އެޤައުމުގައި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރާ އަދި ބާރުތައް ވަކިވެފައިވާ ޒަމާނީ މުސްލިމު ދައުލަތެއް ޤާއިމުކުރުމުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރެވި ބޮޑު އެހީތެރިކަމެއް ދެވިދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރާ އަދި ބާރުތައް ވަކިވެފައިވާ ޒަމާނީ މުސްލިމު ދައުލަތެއް ޤާއިމުކުރުމުގައި ދިވެހިރާއްޖެ ފަދަ ޤައުމެއްގެ ދުސްތޫރީ ތަޖުރިބާއާއި އެހީތެރިކަން މުހިންމުވާނެވެ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޣަފްޢާނިސްތާނަކީ މުސްލިމު ޤައުމަކަށް ވާއިރު، އެޤައުމުގައި ލޭއޮހޮރުވުމާއި، އިންސާނީ ކަރާމަތަށް އަރައިގަތުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ. އެޤައުމުގެ ރައްޔިތުން މިއަދު ތިބި ހިތްދަތި ދިރިއުޅުމަކީ އެކަމަށް އަވަސް ހައްލެއް ބޭނުންވާކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

އަފްޣާނިސްތާނަކީ މުސްލިމު ޤައުމެއް. ލޭ އޮހޮރުވުން ހުއްޓި އެ ޤައުމުގެ ރައްޔިތުންނަށް އިންސާނީ ކަރާމަތާއި ރައްކާތެރިކަމާއެކު އުޅުމުގެ ޙައްޤު އޮންނަންޖެހޭ. ހަނގުރާމަތަކުގެ ސަބަބުން އެޤައުމުގެ ރައްޔިތުންވަނީ އެތައް ވޭނަކާއި ހިތާމައެއް ތަޙައްމުލުކޮށްފަ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

އަފްޣާނިސްތާނަކީ ރާއްޖެ ހިމެނޭ ސައުތު އޭޝިއަން ފޯ އެސޯސިއޭޝަން އޮފް ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެމްބަރު ގައުމެކެވެ. އެކަމަކު ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ސާކްގެ ގައުމުތަކުން ވެސް މިހާތަނަށް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

މިހަފްތާގެ އާދިއއްތަ ދުވަހު، ތާލިބާން ހަގުރާމަވެރިން، އަފްއާނިސްތާންގެ ވެރިރަށް ކާބުލް ވަށާލުމާއެކު، އެގައުމުގެ އޭރުގެ ރައީސް އަޝްރަފް ޢަނީވަނީ، ގައުމު ދޫކުރައްވާ އަވައްޓެރި ތަޖިކިސްތާނަށް ވަޑައިގެންފައެވެ. އަދި އޭނާ ފަހުން ވިދާޅުވެފައިވަނީ، ގައުމު ދޫކުރައްވާ ވަޑައިގެންނެވީ، ވެރިރަށް ކާބުލް ބޮޑު ލޭއޮހޮރުވުމަކުން ސަލާމަތް ކުރުމުގެ ގޮތުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގާދިރު
ތިޔައީ ކިހިނެތް ވެރިކަމަށްއައި ބަޔެއް މިތާއުޅޭ ހަރުކަށި ފިކުރުގެ ބޮންގޮންވާ މީހުންނަށް ތިޔަ އަފުގާނިސްތާން ވަރަށް ރަގަނޅުވާނެ ސަހީމް އެތަނުގެ ނައީބުްރައީސް ކަމާއި ހަވާލުވާން ވަރަށްފެނޭ