ޝާހު މަރުވިއިރު ހުރީ ތިން އަހަރުގެ ހުކުމް ތަންފީޒުކޮށް މިނިވަންވެފަ

ޝާހު މަރުވިއިރު ހުރީ ތިން އަހަރުގެ ހުކުމް ތަންފީޒުކޮށް މިނިވަންވެފަ

Author
ޢަލީ އާދަމް
25 އޮކްޓޯބަރ 2020 10:24
0

ތިނަދޫގައި މަހަށް ނިކުމެ އުޅެނިކޮށް ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި ދައުވާކުރި އިބްރާހިމް ޝާހު މަރުވެފައިވަނީ ހުކުމް ތަންފީޒުކޮށް މިނިވަން ވެފައި ހުއްޓާކަމަށް ކަރެކްޝަނުން ވިދާޅުވެއްޖެ އެވެ.

ކަރެކްޝަނުން ވިދާޅުވީ ޝާހުގެ މައްޗަށް 3 އަހަރުގެ ހުކުމެއް ކުރިއިރު އޭނާ ބަންދުގައި ހުންނަތާ 3 އަހަރު ހަމަވާން ގާތްވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ހުކުމުގައި ބާކީ 3 އަހަރު ހަމަވާން އޮތް މުއްދަތު ހަމަވުމުން މިނިވަންވެފައި ހުއްޓާކަމަށެވެ. އޭނާ މިނިވަން ވެފައިވަނީ ހުކުމްހުރުމަށްފަހު ހުކުމުގެ ބަކީ އޮތް 1 މަހާއި 10 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހުގައެވެ. އޭނާ މަރުވެފައިވަނީ އަމިއްލަޔަށް ބޭނި މަހަކުން މޭމަތީޖެހިފައިކަމަށް މައުލޫމާތު ލިބެއެވެ.

އެހެންނަމަވެސް އޭނާ މެޔަށް ތަދުވާން ފެށި ކޫއްޑޫއަށް މަސްކިރަން ގޮސްހުއްޓާ ހަމަށާއި، ތަދުވާން ފެށުމުން ދިޔައީ ގއ.ވިލިގިއްޔަށްކަމަށެވެ. އޭނާ ހޮސްޕިޓަލާއި ހަމަޔަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މައުލޫމަތު ލިބިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.