ޢީދު ފާހަގަކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލާއި އުރީދޫ ގުޅިގެން އުޟްހިޔާ ކަތިލައިފި

ޢީދު ފާހަގަކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލާއި އުރީދޫ ގުޅިގެން އުޟްހިޔާ ކަތިލައިފި

Author
ޢަލީ އާދަމް
20 ޖުލައި 2021 06:50
0

އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލާއި އުރީދޫ މޯލްޑިވްސް ގުޅިގެން އުޟްހިޔާ ކަތިލުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައެވެ.

އުރީދޫން ބުނީ، މި ހަރަކާތުގައި ކަތިލި ބަކަރި ހަދިޔާކޮށްފައިވަނީ ފިޔަވަތި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް މެންދުރުގެ ކެއުމެއްގެ ގޮތުގައެވެ.

މި ހަރަކާތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝާއި ކައުންސިލުގެ ބައެއް އެހެން މެންބަރުންނާއި އުރީދޫގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޯވިޑްގެ މި ހާލަތުގައި އައި ޢީދު އާއިލާގެ އެންމެން ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ވަނީ މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ފައިމަގުފައި އުޅޭގޮތަށް ކަނޑައަޅާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.