އިޔާޒަށް އަލުން ވަޒީފާދޭން ހެޔޮ ނުވާނެ: އާޒިމް

އިޔާޒަށް އަލުން ވަޒީފާދޭން ހެޔޮ ނުވާނެ: އާޒިމް

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2021 12:11
0

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން ވަކިކޮށްފައިވާ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަށް އަލުން ވަޒީފާ އިޔާދަ ކޮށްދޭން ހެޔޮ ނުވާނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވަނީ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ނިންމަވައިފައި ވަނިކޮށެވެ.

އިޔާޒު ވިދާޅުވީ އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިން އެމްއެންޔޫގެ ތަހުގީގު ކޮމިޓީ އަކަށް ހާޒިރުކޮށް އޭނާއާ ދެކޮޅަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާ މެދު އޭނާ ދެކޭ ގޮތް ސާފުކުރެއްވި ކަމަށެވެ. ނަމަވެސް ހުށަހެޅިފައިވާ މައްސަލައަށް ވަކީލަކާ އެކު ޖަވާބުދާރީވާން ފުރުސަތަކަށް އެދުމުން އެ ފުރުސަތު ނުދެއްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޑރ.އިޔާޒަކީ ފިރިހެނުންނަކީ ހަމައެކަނި އަންހެނުންގެ އުފާކޮށްދޭ ބައެއްކަމަށް ދެކޭ ކަމުގައެވެ. އެފަދަ ވިސްނުމެއް ހުރި ބޭފުޅަކަށް އަލުން ވަޒީފާ ދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

އަންހެނުން ތިބެންވާނީ ހަމައެކަނި ފިރިހެނުން އުފާކޮށްދީ، ދަރިންބަލާ، ފިރިހެނުންގެ ހިދުމަތުގައިކަން ވިސްނާދިނުމަށް މަސައްކަތް މީހެއް. ވަޒީފާދޭން ހެޔޮނުވާނެ.

– އާޒިމް ވިދާޅުވިއެވެ.

އިޔާޒު ވަޒީފާ އިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު މިއަހަރުގެ މާޗް މަހު އޭނާ ވަޒީފާ އިން ސަސްޕެންޑް ކުރި މައްސަލަ ވެސް ވަނީ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލައާ މެދު ޓްރައިބިއުނަލުން ގޮތެއް ނިންމާފައެއް ނުވެއެވެ.

ޑރ. އިޔާޒު މިދިޔަ ބުރާސްފަތި ދުވަހު އެމްއެންޔޫގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފަ އެވެ. ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ.

އިޔާޒު ވަޒީފާ އިން ވަކިކުރި މައްސަލާގައި އޭނާ ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވަނީ ޔުނިވަސިޓީގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އިމްރާން އިތުރަށް ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރެއްވުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔުން ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ. ޑރ. އިޔާޒުގެ ޓްވީޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުންނާއި އިސްލާމިކް މިނިސްޓްރީ ވެސް ގެންދަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތައްކާނު
އިސްލާމް ދީން ނޭގޭމީހުން މަޖިލީހަ ވައްދަންވެސް ހެޔޮނުވާނެ
D Dhanas
Thiya kahala munaa figun biru gannaa be Islaam dheen dhas koh gen thi bey meehun dheke , iblees ves enme biru ganna nee e fadha meehun dheke , e aa kale aa thafaa the ne
އ އާމިނާ
ދިވެހި ރައްޔިތުންނަށް އިސްލާމްދީނާ ބެހޭގޮތުން އެއްވެސް އެއްޗެއް އޮޅުން ފިލުމަކީ އާޒިމް ވަރަށް ދެރަވާކަމެއް.
ހ ހުދުހުދު
ދަބަސް ހިފައިގެން ޙަރާމް ނޫން ދިޔާ ތަކެތި ބަލާދާ މީހުންނަކަށް ޢިޔާޒު މެން ކަމަކު ނުދާނެ.