ނޯތު މަސަޑޯނިއާ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް އޮސްޓްރިއާއިން މެޗެއް ކާމިޔާބުކޮށްފިއެވެ.
ޔޫރޯގައި އަލަށް ވާދަކުރާ ނޯތު މަސަޑޯނިއާގެ މައްޗަށް އޮސްޓްރިއާއިން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ޔޫރޯގައި އޮސްޓްރިއާ ކުޅެފައިވާ ނަމަވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެހެންކަމުން މިއީ އެ ޤައުމަކަށް ވަރަށް ޚާއްސަ ދުވަހަކަށް ވެގެންދާނެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅު ކުޅުމެއް ދެއްކީވެސް އޮސްޓްރިއާއިން ނެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އޮސްޓްރިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ސްޓެފަން ލައިނާ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޯތު މަސަޑޯނިއާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، އެޓީމުގެ ކެޕްޓަން ކެޕްޓަން ގޯރާން ޕާންޑޭވް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މެޗުގެ ދެ ދެވަނަ ހާފް ފަށައިގެން އޮސްޓްރިއާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 78 ވަނަ މިނެޓުގައި ގްރިގޯރިޓްޗް ވަނީ ދެވަނަ ފަހަރަށް އޮސްޓްރިއާއަށް ލީޑު ނަގައިދިން ލަނޑު ޖަހާފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައިވަނިކޮށް އާނައޮޓޮވިޗް ވަނީ ތިންވަނަ ލަނޑު ޖަހާ އޮސްޓްރިއާއަށް މި މެޗުން 3 ޕޮއިންޓް ޔަގީންކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ