ޖެޓްސްކީ ދުއްވަން އިން ޒުވާނަކު ވިއްސައިގެން ގޮސް ދަނގަޑެއްގައި ޖެހި މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ށ.ފުނަދޫގައެވެ. މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ޢުމުރުން 22 އަހަރުގެ ޒުވާނެކެވެ.
ފުލުހުން ބުނީ ށ.ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއް އަނބުރާލިވަގުތު އެ ޖެޓްސްކީގެ ފަހަތުގައި އިން މީހާ ވިއްސައިގެންގޮސް އެއްގަމުގައި ޖަހާފައިހުރި ދަނގަޑެއްގައިޖެހި ޒަޚަމްވެފައިވާކަމުގެ މަޢުލޫމާތު މިއަދު ހަވީރު 16:00 އެހާކަންހާއިރު ލިބިފައިވާކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ