އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމުން އޮތީ ފައިދާ: ނަޝީދު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމުން އޮތީ ފައިދާ: ނަޝީދު

Author
މުޙައްމަދު ޖިމީ
05 ޖޫން 2021 03:34
0

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމްކުރުމުގެ ސަބަބުން އައްޑޫއަށް ވެސް އަދި ރާއްޖެއަށް ވެސް ލިބޭން އޮތީ ފައިދާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އައްޑޫގައި އިންޑިއާ ކޮންސިއުލޭތެއް ޤާއިމްކުރުމަށް ތާޢީދުކޮށްފިއެވެ.

އައްޑޫގައި އިްނޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމަށް އެޤައުމުގެ ކެބިނެޓުން ނިންމުމާއި ގުޅިގެން ރާއްޖޭގައި ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ. ބައެއް މީހުން ވަނީ، އެއީ ރާއްޖޭގެ މައްޗަށް އިންޑިިއާގެ ނުފޫޒު އޮތް މިންވަރު ހާމަވާކަމެއްކަމަށް ބުނެފައެވެ. އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާއިރު، ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އައްޑޫގައި އިންޑިއާގެ ކުންސިއުލޭޓެއް ޤާއިމްކުރުމާމެދު އަދި ދިވެހި ސަރުކާރުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ޤާއިމްކުރުމާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުމުގެ ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި، އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއްކަމަށެވެ. އަދި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމްކުރުމުގެ ސަބަބުން އައްޑޫއަށް ވެސް އަދި ރާއްޖެއަށް ވެސް ލިބޭން އޮތީ ފައިދާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމަކީ އައްޑޫއަށް ތަރައްޤީ ލިބޭނެކަމެއްކަމަށް އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވިދާޅުވެފައިވެއެވެ. ނަމަވެސް ފާޑުކިޔާ ބައެއް ފަރާތްތަކުން ވަނީ ޤައުމެއްގެ ކޮންސުލޭޓެއް ޤާއިމްކުރުމަކީ ތަރައްޤީއާއި ގުޅޭ ކަމެއްނޫންކަމެއްކަމަށް ވިދާޅުވެ އެވާހަކަތަކަށް ފާޑުކިޔާފައެވެ.

އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމްކުރުމާއި ގުޅޭގޮތުން، އައްޑޫއަށް އުފަން ޕްރޮފެސަރު ޙަސަން އުގައިލް ވިދާޅުވެފައިވަނީ، އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭކަމަށެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭކަމަށް އުގައިލް ވިދާޅުވިއެވެ. އެހެންނޫންނަމަ، ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބަ އޮތްކަމަށާއި، މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވާކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އެ ގައުމުގެ ކެބިނެޓުން ނިންމާފައިވާއިރު، ރައީސް ޞާލިޙް ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާދީނީ
ފައިދާ އަކީ ކަލޯގެ ވެރިކަމެއް އެތަނުގަ ގާއިމު ކުރުމާ ގެރިގޮރު ބުއިމުގެ ފައިދާ.މިނޫން ފައިދާއެއް ކިޔާދީބަލަ.